ހުޅުމާލޭން ބަންޑާރަގޯތި ލިބިފައިވާ ފަރާތްތަކުން ދައްކަންޖެހޭ އަގަށް 10% ގެ ޑިސްކައުންޓެއް ދެނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކަށް ދައްކަންޖެހޭ ޖުމްލަ އަގުން 10 އިންސައްތައިގެ ޑިސްކައުންޓެއް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ، އެމަނިކުފާނު ބާއްވަވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ ހުޅުމާލެ ފޭސް 1 އިން ކުރީގައި ގުރުއަތުލައިގެން އަދި ޕޮއިންޓް ދީގެން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކޮށްފައިވާ ކަމަށެވެ. އެ ގޯތިތައް ދޫކޮށްފައިވަނީ އެ ބިމަށް ފައިސާ ދައްކައިގެން އަމިއްލަ ކުރާ ގޮތަށެވެ.

މި ގޯތިތަކަށް މާލީގޮތުން އެއްވެސް ލުޔެއް މީގެކުރިން ސަރުކާރުތަކުން ދީފައި ނުވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެ ގޯތިތަކުން ދައްކަންޖެހޭ ޖުމުލަ އަގުން 10% ގެ ޑިސްކައުންޓެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

”އެހެންމަ ސަރުކާރުން ގަސްތުކުރަނީ ގޯތިތައް، މިކިޔަނީ ބިޑްކޮށް ބީލަމުގެ އުސޫލުން ގަނެފައިވާ ގޯތީގެ ވާހަކައެއް ނޫން، ގުރުއަތުލައިގެން ނުވަތަ ޕޮއިންޓް އުސޫލުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ލިބިފައި ހުރި ފަރާތްތަކުގެ އެގްރިމަންޓުގައި އޮންނަ ޖުމުލަ އަގުގެ 10% ގެ ޑިސްކައުންޓެއް އިރާދަކުރެއްވިއްޔާ ސަރުކާރުން ދޭނަން.“

ރައީސް މުއިއްޒު ވިދާޅުވީ މި ގޯތިތަކަށް ބައެއް ފަރާތްތަކަށް މިހާރު ފައިސާ ދައްކަމުން ގޮސް ނިމުމާ ގާތަށްވެސް ގޮސްފައި އޮންނާނެ ކަމަށާއި، އެހެންކަމުން މުޅި އަގުން 10% ކެނޑިގެން ދާނެ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ.

މީގެއިތުރުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި އިމާރާތް ކުރެވޭ އުސްމިނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައިސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އިމާރާތް ކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ. ނަމަވެސް 10 ބުރިއަށް ނަންގަވާ ކަމަށްވާނަމަ އެންމެ ތިރީ ފްލޯގައި ޕާކިން ސަރަހައްދެއް ގާއިމުކުރުމަކީ މަޖުބޫރު ކަމެއް ކަމަށް ވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި އޭގެއިތުރުން އެއް ފްލޯ އަކީ ރެޒިޑެންޝަލް ނޫން ކޮމާޝަން ބޭނުންތަކަށް ބޭނުންކުރެވޭނެ ބަޔަކަށް ހަދަންޖެހޭނެކަން ފާހަގަކުރެއްވި އެވެ.

ހުޅުމާލެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ