ތަރިކައިގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް ގިނަ މަޝްރޫއުތަކެއް ފަށަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ތަރިކައިގެ ދާއިރާ ކުރިއެރުވުމަށް އަންނަ އަހަރު ގިނަ މަޝްރޫއުތަކެއް ފެށޭނެ ކަމަށް ހެރިޓޭޖް މިނިސްޓަރ އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ދިވެހި ބަހުގެ އެކަޑަމީން ބޭއްވި އަދަބީ މުބާރާތްތަކާއި، އަތުލިޔުން މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކުރިން ތަރިކައަކީ ދައުލަތަށް ބޮޑު ބުރައެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ތަފާތު ކަމަށެވެ. މި ސިޔާސަތުތައް ހަގީގަތަކަށް ހެދުމަށް ގިނަ ޚަރަދުތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

”ފާއިތުވި ތަަނަށް ބަލާއިރު ތަރިކައާމެދު ދެެކެވިފައިވަނީ ދައުލަތުގެ މާލިއްޔަަތަށް އޮތް ވަރަށް ބޮޑު ބުރަޔަކަށް. ތަކުލީފެއްގެ ގޮތުގައި. އެއްވެސް އަގެއް ނެތް ބާ ތަނަކަށް ދެވޭ ބޭކަރު ހަރަދެއްގެ ގޮތުގައި ދެކޭ ދިވެހީންވެސް މަދެއް ނޫން.“

މިނިސްޓަރ އާދަމް ނަސީރު އިތުރަށް ވިދާޅުވީ، ދިވެހި ތަރިކައިގެ ދާއިރާއަށް މިހާރު ނަސީބުވެރި ދުވަސްތަކެއް ދިމާވެފައިވާ ކަމަށާއި، ރައީސް މުއިއްޒު އެ ދާއިރާއާމެދު ވަރަށް ފުރިހަމަ ތަސައްވުރެއް ގެންގުޅުއްވާ ކަމަށެވެ. އެގޮތުން، އަންނަ ޖަނަވަރީ މަހު މާލޭގައި ތަރިކައިގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތެއް ފެށިގެންދާނެ ކަމަށް އޭނާ ހާމަކުރެއްވި އެވެ.

ތަރިކައިގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުގެ ދަށުން، ދިވެހި ބަހުގެ އެކަޑަމީގެ އިމާރާތް ތަރައްގީކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދިވެހި ސަގާފަތާއި ތާރީޚު ރައްކާތެރިކޮށް، އެ ދާއިރާ އިގްތިސާދީ ގޮތުންވެސް ފައިދާވާނެ ދާއިރާއަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ