ބޮޑުފޮޅުދޫއަށް އެންމެ ދަތިވާ އެއްމައްސަލައަކީ ނަރުދަމާއާއި ސާފު ބޯފެން ނުލިބުން: ޝުޖާއު

Advertisement

Advertisement

އެންމެ ފަސް

Advertisement

އއ. ބޮޑުފޮޅުދޫއަށް އެންމެ ދަތިވާ އެއްމައްސަލައަކީ ނަރުދަމާއާއި ސާފު ބޯފެން ނުލިބުމުގެ މައްސަލަ ކަމަށް ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވެފައި ވަނީ، ’ޖަވިޔަނި‘ އަށް ދެއްވި އިންޓަރވިއުއެއްގަ އެވެ.

ޝުޖާއު ވިދާޅުވީ، ފެނާއި ނަރުދަމާގެ މަސައްކަތް ވަކި ހިސާބަކަށް ގޮސް ހުއްޓިފައި އޮތް ކަމަށާއި، މި މަސައްކަތް ހުއްޓުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން އަންނަނީ ވަރަށް ތަކުލީފްތަށް ތަހައްމަލް ކުރަމުން ކަމަށެވެ.

”ހަގީގަތުގަ މިހެން ދެންނެވިޔަސް އިހުސާސްވެސް ނުކުރެވޭނެ ރައްޔިތުން މިތިބި ހާލަތެއް.“

މިހާރު އޮތް ނަރުދަމާ ހައްލުކުރަން ސިޓީސް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީ މެދުވެރިވެގެން ހައްލުތަކެއް ހޯދަން މަސައްކަތް ކޮށްދެއްވާ ކަމަށާއި، އެހެންނަމަވެސް، މިކަމަށް ދާއިމީ ހައްލެއް ލިބިގެެންދާނީ އަލަށް ގާއިމް ކުރެވިގެންމިދާ ނަރުދަމާ ނިޒާމު ގާއިމް ކުރެވިގެން ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

”އެހެންވީމާ އަޅުގަނޑު ވަރަށްބޮޑަށް ސަރުކާރުގެ ކިބައިން އެދެން ވީހާވެސް އަވަހަކަށް ފެނާއި ނަރުދަމާގެ މަސައްކަތް ނިންމަވާދެއްވަން، ހަގީގަތުގަވެސް އަޅުގަނޑުމެންގެ އުމުރުން ދުވަސްވީ ބޭފުޅުންނާއި، ހާއްސަ އެހީއަށް ބޭނުންވާ ބޭފުޅުންނާއި، އަދި އާންމު ރައްޔިތުންވެސް މިތިބީ ވަރަށް ދަތި ތަކުލީފެއްގެ ތެރޭގައި.“

ނަރުދަމާގެ މައްސަލަ ހައްލުނުވެ ދިގުލައި ދިއުމުގެ ސަބަބުން ވަރަށްގިނަ މައްސަލަތަށް ދިމާވާ ކަމަށާއި، މި މަސައްކަތް ވީހާވެސް އަވަހަށް ފައްޓަވައިދެއްވުމަށް ޝުޖާއުވަނީ އެދިފަ އެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ، އެ ރަށުގެ ތަރަށްގީގެ ވަރަށްގިނަ ޕްރޮޖެކްޓްރަށް ފެށިފައި ހުރި ކަމަށާއި، ބައެއް ޕްރޮޖެކްޓްތަށް ހުއްޓިފައި ކުރި ކަމަށެވެ. އަދި އަނެއްބައި ޕްރޮޖެކްތަށް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

އެގޮތުން، ކައުންސިލްގެ އިމާރާތުގެ މަސައްކަތް ވަރަށްބާރަށް ކުރިޔަށްދާ ކަމަށާއި، ބިން ހިއްކުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިޔަށް ގެންގޮސް ހިލަ ހުސްވުމުގެ ސަބަބުން އެ ޕްރޮޖެކްޓް މިވަގުތަށް ހުއްޓިފައި އޮތް ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

އއ. ބޮޑުފޮޅުދޫ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ