މަސްވެރިންނަށް ފަސޭހައިން ފައިނޭންސިންއަށް ހުށަހެޅޭ ”މަސްވެރިޔާ“ ޕޯޓަލް އިފްތިތާހުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަސްވެރިންނަށް ބޭންކުގެ ފައިނޭންސިން ޚިދުމަތްތަކަށް ފަސޭހައިން އެދި ހުށަހެޅޭ ގޮތަށް ފަރުމާކޮށްފައިވާ ”މަސްވެރިޔާ“ ޕޯޓަލް އިފްތިތާހުކޮށްފި އެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ރ. ދުވާފަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ.

ބީއެމްއެލް އިން ބުނެފައިވަނީ މަސްވެރިޔާ ޕޯޓަލްއިން ބީއެމްއެލްއިން ދޫކުރާ އިސްލާމިކް ފައިނޭންސިންގެ ގިނަ ޕްރޮޑަކްޓްތަކަށް އެދި ހުށަހެޅޭނެ ކަމަށެވެ. ވަރަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕްލެޓްފޯމް މެދުވެރިކޮށް، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓަރކޮށްފައިވާ މަސްވެރިންގެ ތެރެއިން ޝަރުތު ހަމަވާ މަސްވެރިންނަށް، އިސްލާމީ ފައިނޭންސިންގ ޚިދުމަތްތަކަށް އެދި ހުށަހެޅޭނެ ކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެ އެވެ.

ޕޯޓަލް މެދުވެރިކޮށް މަސްވެރިންނަށް އެދެވޭނެ ފައިނޭންސިންގ ހިދުމަތްތަކުގެ ތެރޭގައި ގެދޮރު ގަތުމަށް، ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތުކުރުމަށް، މަތީ ތައުލީމު ހާސިލުކުރުމަށް، އުޅަނދު ބަނުމާއި މަރާމާތުކުރުމަށް، ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުމަށް އަދި ލުއި ފައިނޭންސިންގ ހިމެނެ އެވެ.  ލުއި ފައިނޭންސިންގ އަކީ މަސްވެރިކަމަށް ބޭނުންވާ ސާމާނު ގަތުން ނުވަތަ އިތުރު އެކި ބޭނުންތަކަށް ދޫކުރެވޭ ފައިނޭންސިންގ އެކެވެ.

މަސްވެރިޔާ ޕޯޓަލް: masveriyaa.bankofmaldives.com.mv

މަސްވެރިޔާ ޕޯޓަލް އިފްތިތާހު ކުރުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، މަސްވެރިންނަށް މާލީ ޚިދުމަތްތަކަށް ވާސިލުވުމަށް ލުއިފަސޭހަ މަގެއް ހޯދައިދިނުމަށް މި އަހަރުގެ ކުރީކޮޅު ބީއެމްއެލްއިން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއެކު އެއްބަސްވެފައިވާ ކަމަށެވެ.

”މަސްވެރިޔާ ޕޯޓަލް އިފްތިތާހުކުރުމަކީ މަސްވެރިކަމުގެ ސިނާއަތަށް އެހީތެރިވެ، މާލީ ހައްލުތަކަށް ފަސޭހައިން ވާސިލުވެވޭނެ ޒަމާނީ އިންތިޒާމެއް ހަމަޖައްސައިދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް. އަޅުގަނޑުމެން މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ދާއިރާއަކަށްވެސް އެންމެ ބޭނުންތެރި މާލީ ހައްލުތައް ފޯރުކޮށްދިނުމަށް.“ ބީއެމްއެލްގެ އެމްޑީ ޝަރީފް ވިދާޅުވި އެވެ.

މަސްވެރިޔާ ޕޯޓަލްއަކީ ބީއެމްއެލްއިން މަސްވެރިންނަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު އެއް ރަމްޒު ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ. މަސްވެރިންނަށް އެހީތެރިވުމުގެ ގޮތުން 2024 ވަނަ އަހަރުގެ ޑިސެންބަރުން ފެށިގެން ބީއެމްއެލްއިން އަންނަނީ މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ޖަމާކޮށްދެމުންނެވެ. އަދި ބޭންކުން މަސްވެރިންނަށް އެއްވެސް އިކުއިޓީއެއް އަދި ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ ހާއްސަ ފެސިލިޓީއެއްވެސް ވަނީ ތައާރަފްކޮށްފަ އެވެ.

މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް ކާޑު ޚިދުމަތްތައްވެސް ވަރަށް އަވަހަށް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން މައުލޫމާތުދީފައިވެ އެވެ.

ބީއެމްއެލް ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް މަސްވެރިންގެ ދުވަސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ