ސިނގިރޭޓް ވައްކަން: ދިގައްޔާއި އާއްޓެ ޝަރުތުކުރުމަށްފަހު ދޫކޮށްލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ދެ ކޮންޓެއިނާ ސިނގިރޭޓުގެ މައްސަލަގައި ހައްޔަރުކުރި މުހައްމަދު ވަހީދު (ދިގަލި) އަދި އަހުމަދު އާރިފް (އާއްޓޭ) ޝަރުތުކުރުމަށްފަހު ބަންދުން ދޫކޮށްލައިފި އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީސް އިން މިއަދު ބުނެފައިވަނީ ދެ ކޮންޓެއިނާ ސިނގިރޭޓު ވަގަށްނެގި މައްސަލައިގައި ހިމެނޭ 11 މީހުންގެ މައްޗަށް ދައުވާކުރުމަށް އެދި 3 ޑިސެންބަރު 2025 ދުވަހު ފުލުހުންގެ ޚިދުމަތުން އެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލާގައި ދައުވާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި އަދި ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާކުރުމަށް ކޯޓަށް ހުށަހަޅާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ވަކިވަކި މީހުން، ކުށުގެ އަމަލުގައި ބައިވެރިވެފައިވާ ނިސްބަތާއި، އެމީހުންގެ މައްޗަށް ކުރެވެންހުރި ދައުވާތަކާއި، ކަނޑައެޅެން އޮތް އަދަބަށް ރިއާޔަތްކޮށް ތުހުމަތުކުރެވޭ މީހުންގެ ބަންދު މިއަދު މުރާޖައާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

އެގޮތުން މިކަން ރޭވި ކަމަށް ތުހުމަތުކުރެވޭ ބ. އޭދަފުށި، ދިގަލި / މުހައްމަދު ވަހީދުއާއު، މއ. އެވަރގްލޯރީ / އަހްމަދު އާރިފް އަދި ކޮންޓެއިނަރ ވަގަށްނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ހަވާލުވެގެން ހުރިކަމަށް ތުހުމަތުކުރެވޭ ކ. ތުލުސްދޫ، ލިންކް / ހަސަން އަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ މީހުން ޝަރުތުކުރުމަށްފަހު ބަންދުން ދޫކޮށްލުމަށް ކޯޓުން ނިންމާފައިވާ ކަމަށް ޕީޖި އޮފީހުން ބުނެފައިވެ އެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ މުހައްމަދު ވަހީދު (ދިގަލި) އަދި އަހުމަދު އާރިފް (އާއްޓޭ) ޝަރުތު ކުރުމަށްފަހު ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުންކަމަށްވާއިރު، މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށެވެ. އަދި ހަސަން އަބްދުއްރަހްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ އޭނާއަކީ މި ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

މި މައްސަލާގައި މިހާރު ބަންދުގައި ތިބީ:

  1. ހދ. ވައިކަރަދޫ، މެދުރީގެ / ޒިވާރު އިސްމާއިލް
  2. ހދ. ވައިކަރަދޫ، ނޫރަލީގެ / އަޙްމަދު ޝަހީމް
  3. ހ. ރުމޭނިޔާ / އަޙްމަދު ފިރުސާން
  4. ސ. ހިތަދޫ، ޗާނދަނީގެ / ޙުސައިން ސާމިޙު
  5. ނ. މިލަދޫ، ކެނެރީގެ / އާދަމް ވަޙީދު
  6. ބަނގުލަދޭޝް / މުޙައްމަދު އަލަމިން މިއާ
  7. ހ. ނިއުހެޕިނަސް / މުޢާޛު ޢަލީ

ޕީޖީ އޮފީހުން ބުނެފައިވަނީ މި މީހުންގެ ބަންދު މުރާޖައާކުރުމަށްފަހު، މިވަގުތު ބަންދަށް ބަދަލެއް ގެންނަންޖެހޭ ހާލަތެއް ނެތްކަމަށް ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ އެމީހުންނަކީ މި ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށްވުމާއި، އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންނަށްވެތިބެ މި ކުށް ކުރުމުގައި އެމީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހުން ކަމުގައިވާތީ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓު ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ