ޗައިނާގެ ސެންޓްރަލް ކޮމިޝަން ފޯރ ޑިސިޕްލިން އިންސްޕެކްޝަން (ސީސީޑީއައި)ގެ ސެކްރެޓަރީ އަދި ޗައިނީސް ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓްބިއުރޯ ސްޓޭންޑިންގ ކޮމިޓީގެ މެންބަރު ލީ ޝީއާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުން ކުރިއަށް ދިޔައީ ބެއިޖިންގގެ ޑިޔޯޔުޓާއި ސްޓޭޓް ގެސްޓްހައުސްގަ އެވެ. ލީ ޝީ ރައީސް މުއިއްޒާ ބައްދަލު ކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ފަރާތްޕުޅުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ، އެސްސީއޯ ސަމިޓަށް ދެއްވި ދަޢުވަތަށާއި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މި ސަމިޓަކީ ގުޅުން ބަދަހިކުރުމަށް ވަރަށް މުހިންމު މަންސަތެއްކަން ރައީސް ފާހަގަކުރެއްވި އެވެ. އެކުވެރިކަމާއި އެއްބަޔަކު އަނެއްބަޔަކަށް އިތުބާރުކުރުމުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ގެންގުޅޭ އަޒުމު ރައީސް މުއިއްޒު އާކުރެއްވި އެވެ.
ލީ ޝީ ވިދާޅުވީ ދެ ގައުމުގެ ގުޅުން ކުރިއެރުވުމުގައި ޢަމަލީގޮތުން އެއްބާރުލުން އިތުރުކުރުމާއި، ސަރަޙައްދީ ސުލްޙަ މަސަލަސްކަން ދެމެހެއްޓުމަކީ އިސްކަންދޭންޖެހޭ ކަންކަން ކަމަށެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ރައީސް މުޢިއްޒުގެ ޝަރަފުގައި ލީ ޝީ ދެއްވި ފަރިއްކޮޅަކުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ޗައިނާ ޗައިނާގެ ރައީސް ޝީ ޖިންޕިންގ