ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރަކީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތުގެ ނަތީޖާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ރޭ ހުޅުމާލޭ އެމްޕީއެލް ޕޯޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ތުރުކީވިލާތުން ހަދިޔާކުރެއްވި އަސްކަރީ މަނަވަރު ދިވެހިރާއްޖޭގެ އަސްކަރިއްޔާގައި ކަމިޝަންކުރައްވައި ”ކޯސްޓްގާޑް ޝިޕް ދަރުމަވަންތަ“ގެ ނަމުގައި ވަނީ ޚިދުމަތަށް ނެރުއްވާފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ ރައީސް މުއިއްޒުގެ އެންމެ ބޮޑު އަމާޒެއްގެ ގޮތުގައި އަބަދުވެސް އޮތީ، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުންކަށާއި މިހާތަނަށްވެސް، ޤައުމުގެ މަސްލަހަތު އިސްކުރައްވާ، ޤައުމަށް ފައިދާވާގޮތަށް މުހިންމު ގިނަ ނިންމެވުންތަކެއް ނިންމަވާފައިވާކަމަށެވެ.
މި މަނަވަރަކީ ދިވެހި ތާރީޚުގައި ދިވެހި އަސްކަރިއްޔާއަށް ލިބުނު އެންމެ ބޮޑު މަނަވަރުކަން މިނިސްޓަރު ގައްސާން ފާހަގަކުރެއްވި އެވެ.
”ދުރު ރާސްތާތަކަށް ދަތުރުކޮށް ބަރު ހަތިޔާރާއެކު ހަރަކާތްތެރިވުމުގެ ޤާބިލުކަން ލިބިގެން އެބަދޭ.“
މިނިސްޓަރު ޣައްސާން ވިދާޅުވީ މިއީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ކެނޑި ނޭޅި ރައީސް މުއިއްޒު ކުރައްވާ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެކަމަށްޓަކައި ސިފައިންގެ ނަމުގައި މިނިސްޓަރު، ރައީސަށް ޝުކުރު ދަންނަވާފައިވެ އެވެ.
މި އުޅަނދަކީ، ވެޕަން މެނޭޖްމެންޓް ސިސްޓަމްތަކާއި، ފަޔަރ ކޮންޓްރޯލް ރާޑަރާ އެކު އިންޓެގްރޭޓް ކުރެވިފައިވާ އަދި ޒަމާނީ އެހެނިހެން ވަސީލަތްތައް ވެސް ޤާއިމުކުރެވިފައިވާ އުޅަނދެކެވެ. މި އުޅަނދުގެ ހަލުވި ދުވެލީގެ ސަބަބުން މި އުޅަނދު ވެގެންދާނީ ދިވެހި އަސްކަރިއްޔާއާ ހަވާލުކުރައްވާފައިވާ ދައުރާއި މަސްއޫލިއްޔަތު އަދާކުރުމުގައި، ކޯސްޓްގާޑުން ރާއްޖޭގެ ސަރަހައްދާއި ހާއްސަ އިޤްތިސާދީ ސަރަހައްދު ބަލަހައްޓައި ފާރަވެރިވެ ދެމިތިބުމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމަކަށް އެމްއެންޑީއެފްއިން މައުލޫމާތުދީފައިވެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއެންޑީއެފް މިނިސްޓްރީ އޮފް ޑިފެންސް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން