ޑިވެލޮޕްމެންޓް ބޭންކުން ހިދުމަތް ނުދޭކަމަށް ބުނާ ވާހަކައަށް ސައީދު ރައްދުދެއްވައިފި

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކު ތަޢާރަފުކުރެވެނީ ތިން މަރުޙަލާއަކަށް ބަހާލައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ސައީދު މިހެން ވިދާޅުވެފައިވަނީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި، ޑިވެލޮޕްމެންޓް ބޭންކުން ޚިދުމަތް ނުދޭކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

މިނިސްޓަރ ސައީދު ވިދާޅުވި ގޮތުގައި، މި ތިން މަރުޙަލާގެ ތެރެއިން ފުރަތަމަ މަރުޙަލާ ކަމުގައިވާ އިދާރީ ގޮތުން ބޭންކު ޤާއިމުކުރުމުގެ މަސައްކަތް ދަނީ ރޭވިފައިވާ ގޮތަށް ކުރިއަށެވެ. އަދި ޑިވެލޮޕްމެންޓް ބޭންކުގެ ވިޔަފާރި މޮޑެލްގައި އިސްކަންދެނީ އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނާއި ބޮޑެތި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ކަމަށާއި، ފަހުގެ މަރުޙަލާއެއްގައި ރީޓެއިލް ޚިދުމަތްތައް ތަޢާރަފުކުރުމަށް ވަނީ ރޭވިފައި ކަމަށްވެސް އެ މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ސައީދު އިތުރަށް ވިދާޅުވި ގޮތުގައި، މި މަރުޙަލާތަކަށް ބަހާލެވިފައިވާ އުސޫލަކީ އިޤްތިޞާދު ހަރުދަނާކޮށް ވަރުގަދަކުރުމަށް ކުރެވޭ ފުޅާ މަސައްކަތްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ކުރީގެ ސަރުކާރުން މާލިއްޔަތު ބެލެހެއްޓުމުގައި ޒިންމާދާރުކަން ކުޑަ ގޮތެއްގައި ޢަމަލުކޮށްފައިވާ ކަމަށާއި، އެ ހާލަތު މިހާރު ވަނީ ފަހަނައަޅާ ގޮސްފައި ކަމަށްވެސް އެ މިނިސްޓަރު ވިދާޅުވިއެވެ.

ކުރިން ދެއްވާފައިވާ މަޢުލޫމާތުގައި، މިނިސްޓަރ ސައީދު ވިދާޅުވެފައިވަނީ ޑިވެލޮޕްމެންޓް ބޭންކުގެ މަސައްކަތްތައް މައިގަނޑު 5 ދާއިރާއަކަށް ޚާއްޞަވާނެ ކަމަށެވެ. އެއީ، ހަކަތައާއި ކާބޯތަކެތީގެ ޔަގީންކަން، ވަޒަންވެރިކަމާއި ބޯހިޔާވަހިކަން، ތިމާވެށި ހިމާޔަތްކުރުން، ޓޫރިޒަމް އަދި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް، އަދި ކަނޑުގެ މަންފާއާއި ކަނޑާ ގުޅިފައިވާ އިގްތިސާދީ ހަރަކާތްތަކެވެ.

ޑިވެލޮޕްމެންޓް ބޭންކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިގްތިސާދީ ތަރައްޤީގެ އެޖެންޑާގެ މުހިންމު ވަޢުދެއް ކަމަށާއި، މި ބޭންކުން އިގްތިސާދީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ އެކި ސިނާޢަތްތަކަށް ބޭނުންވާ ފައިނޭންސް ހޯދުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް މިނިސްޓަރ ސައީދު ފާހަގަކުރެއްވިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ޑިވެލޮޕްމެންޓް ބޭންކް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ