ގްރޭޑް 10 އިން ދަށުގެ ކުދިންނަށް ފޯނު މަނާ؛ މަތީ ގްރޭޑްތަކުގެ ކުދިންގެ ފޯނުތައް ލޮކަރަށް!

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިރާސީ އާ އަހަރު ފެށުމާއެކު ސްކޫލްތަކުގައި ފޯނު ބޭނުންކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގްރޭޑް 10 އިން ދަށުގެ އެއްވެސް ކުއްޖަކަށް ސްކޫލަށް ފޯނު ގެންދިއުން މަނާކުރެވޭނެ ކަމަށާއި ގްރޭޑް 11 އަދި 12 ގެ ކުދިން ސްކޫލް ގަޑީގައި ފޯނު ލޮކަރަށްލާން މަޖުބޫރުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިކަން ހާމަކުރެއްވީ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލްގައި ބޭއްވެވި ބައްދަލުވުމެއްގަ އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ސްކޫލްތަކުގައި ގްރޭޑް 10 އިން ދަށުގެ ކުދިން ފޯނު ބޭނުންކުރުމަކީ ކުރިންވެސް މަނާކަމެއް ނަމަވެސް އެކަން ރަނގަޅަށް އިމްޕްލިމެންޓް ނުކުރެވުމުގެ ސަބަބުން މިހާރު މައްސަލަ ބޮޑުވަމުންދާ ކަމަށެވެ. އެހެންކަމުން، އެޑިއުކޭޝަން މިނިސްޓްރީން ދެން އަންނަ ދިރާސީ އަހަރު ފެށިގެން، ގްރޭޑް 10 އިން ދަށުގެ އެއްވެސް ކުއްޖަކަށް ސްކޫލަށް ފޯނެއް ނުގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

”ގްރޭޑް 10 އިން ދަށުގެ އެއްވެސް ކުއްޖަކަށް ސްކޫލަށް ފޯނެއް ނުގެންދެވޭނެ. ވަރަށް ސްޓްރިކްޓްލީ އިމްޕްލިމެންޓް ކުރާނެ އެކަންތައް. ސްކޫލް ގަޑީގައި ފޯނު ބޭނުންކުރުން، ރަސްމީ ސްކޫލް ގަޑީގައި ފޯނު ގެންގުޅުން ގްރޭޑް 10 އިން ދަށުގެ ކުދިންނަށް ބޭނުމެއް ނުކުރެވޭނެ،“ ރައީސް ވިދާޅުވި އެވެ.

އައު އުސޫލުގެ ދަށުން ގްރޭޑް 11 އާއި 12 ގެ ކުދިންނަށް ސްކޫލަށް ފޯނު ގެންދެވޭނެ އެވެ. ނަމަވެސް ކިޔަވައިދޭ ގަޑީގައި ފޯނު ބޭނުންކުރުން މަނާކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ލޮކަރ ސިސްޓަމެއް ގާއިމުކުރާނެ އެވެ. މި ސިސްޓަމްގެ ދަށުން ކްލާސް ގަޑީގައި ކުދިންގެ ފޯނު ލޮކަރަށްލާ ބަންދުކުރެވޭނެ އެވެ. ކްލާސް ނިމުމުން ނުވަތަ އިންޓަވަލް ޕީރިއަޑްތަކުގައި ފޯނު ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ރައީސް ވިދާޅުވީ ގްރޭޑް 11 އަދި 12 ގެ ކުދިންނަށް އުމުރާ ގުޅޭގޮތުން ބަލާއިރު ފޯނު ބޭނުންކުރެވޭނެ ފުރުސަތު ލިބެންޖެހޭ ކަމަށެވެ. ނަމަވެސް ކިޔަވައިދޭ ގަޑީގައި ފޯނު އަތުގައި އޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

”ވަރަށް ގިނަ ޕޭރެންޓުން އެކަން ވިދާޅުވެފައިވަނީ. އެހެންވީމާ އެއަށްވެސް އަޅުގަނޑުމެން އެޓެންޑްވާން. އިރާދަކުރެއްވިއްޔާ ދެން އަންނަ އަހަރު ފެށޭއިރު، ގްރޭޑް 11 އާއި 12 ގެ ކުދިންގެ ކިޔަވައިދޭ ގަޑީގައި ފޯނު އޮންނާނީ ލޮކަރުގައި. ހަމަ ނިމުނީމާ ލިބޭނެ،“ ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިމިވަނީ އައްޑޫ ހައި ސްކޫލްގައި ދަރިވަރަކާއި، ޓީޗަރަކާއި ދެމެދު ހަމަނުޖެހުން ހިންގި ވިޑިއޯއެއް އާންމުވެ، ގިނަ ބައެއް ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ. އެ މައްސަލަ ޖެހުނީ އެ ކުއްޖާ ކްލާސް ރޫމަށް ފޯނު ވެއްދުމާއި ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެޑިއުކޭޝަން މިނިސްޓްރީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ