ހުޅުމާލެ ފޭސް2 ގައި 3 ޕާކިން ބިލްޑިން އަޅަން އެގްރިމެންޓްކޮށް، 3 މަސްތެރޭގައި ފެށޭނެ: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ފޭސް 2 ގައި 3 ޕާކިން ބިލްޑިން އަޅަން އެގްރިމެންޓް ހަދާފައިވާ ކަމަށާއި 3 މަސްތެރޭގައި ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިރޭ ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސަލާހުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމަށް ހުޅުމާލެ ފޭސް 2 ގައި ތިން ޕާކިން ބިލްޑިން އެޅުމަށް އެގްރިމެންޓް ހެދިފައިވާ ކަމަށެވެ.

”އެ މަސައްކަތް އެ ބޭފުޅުން ކުރިއަށް އޮތް ތިން މަސް ތެރޭގައި ފަށާނެ.“ ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓްތައް ހަރުކުރުމުގެ މަސައްކަތް ނިމެމުންދާ ކަމަށާއި 6 ޓަވަރެއްގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ހަތަރު މަހެއްތެރޭގައި އެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިމަހު ކުރީކޮޅު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ޕާކިން ބިލްޑިންގްތަށް އެޅުމުގެ މަސައްކަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެވެމުންދާކަން ހާމަކުރައްވާފަ އެވެ. އެގޮތުން މިނިސްޓަރު އަމީން ވިދާޅުވީ ކުރިއަށް އޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި އެ މަސައްކަތް އަމަލީ ގޮތުން ފެށޭނެ ކަމަށެވެ. އަދި ހުޅުމާލެއަށް ބޭނުންވާ ވަރުގެ ޕާކިން ބިލްޑިންގްތައް މި މަސައްކަތުގެ ތެރެއިން އެޅޭނެ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރު އަމީން ވިދާޅުވީ ހުޅުމާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމަށް ޕާކިން އިމާރާތްތައް އެޅުމުގެ އިތުރުން، މިހާރު ޕާކު ކުރުމަށް ދޫކުރެވިފައިވާ ބިންތަކުގެ އިތުރުން އިތުރު 3 ބިމެއް ވަގުތީ ޕާކިންއަށް ހަމަޖެހިގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ