ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް އިޒްރޭލުން ނިންމި ނިންމުން ރާއްޖެއިން ކުށްވެރިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ 19 ސަރަހައްދެއްގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް އިޒްރޭލުން ނިންމި ނިންމުމަށް ދިވެހިރާއްޖެއިން ކުށްވެރިކޮށްފި އެވެ.

ހައްދުފަހަނައަޅާފައިވާ ޖައްބާރު ދައުލަތުގެ މި އަމަލުތައް ކުށްވެރިކޮށް، ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހިފާފައިވާ ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ. ގެ ސެކިއުރިޓީ ކައުންސިލްގެ އެކި މުއާހަދާތަކާ ހިލާފަށް އިޒްރޭލުން ހިންގަމުންދާ އެކި ލާއިންސާނީ އަމަލުތައް ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ. އިޒްރޭލުން ހިންގަމުންދާ މިފަދަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އިންސާފު ގާއިމް ކުރުމަށާއި ހަމަޖެހުން ގާއިމް ކުރުމަށް ހުރަސްއެޅޭ ކަން ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

އިޒްރޭލުން ފަލަސްތީނުގައި ވަޒަންވެރިކުރުވުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް އެ ބަޔާނުގައި ވަނީ ގޮވާލައްވާފަ އެވެ. އަދި އިޒްރޭލުގެ ކެބިނެޓުން ފަލަސްތީނުގެ ހިފާފައިވާ ހުޅަނގު އައްސޭރީގެ 19 ސަރަހައްދެއްގައި ޔަހޫދީން ވަޒަންވެރިކުރުމަށް ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބި ކަމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމަށާއި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިވެހީން އަބަދުވެސް ސާބިތުވެ ތިބޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. މި ނިންމުމަކީ ސުލްހަ ގާއިމުކުރުމަށް ހުރަސްއަޅާ ނިންމުމެއް ކަމަށް ރާއްޖެއިން ދެކެއެވެ.

ރާއްޖެ - ފަލަސްތީން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ