ފުވައްމުލަކު މަސް ފެކްޓްރީގެ މަސައްކަތް ނިމި، ހިދުމަތް ފެށުމަށް ތައްޔާރު: މިފްކޯ

Advertisement

Advertisement

އެންމެ ފަސް

Advertisement

ފުވައްމުލަކު ސިޓީގައި ގާއިމްކޮށްފައިވާ މަސް ފެކްޓްރީގެ މަސައްކަތް މުޅިން ނިންމާލެވި، ހިދުމަތް ދިނުމަށް ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ.

މިފްކޯއިން ހާމަކުރެއްވި ގޮތުގައި މި ފެސިލިޓީއަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ހުއްދަ ދެއްވާފައެވެ. މި ހުއްދަ ލިބުމާއެކު، ފެކްޓްރީގެ މަސައްކަތް ފެށުމަށް ހުރި ހުރިހާ ދަތިތަކެއް ނިމުމަކަށް އައިސްފައިވާ ކަމަށް މިފްކޯއިން ފާހަގަކުރެއެވެ.

މިފްކޯ އިން ބުނެފައިވަނީ މި ފެސިލިޓީގެ ސަބަބުން ފުވައްމުލަކުގެ ރައްޔިތުންނަށް ރައްކާތެރި ގޮތުގައި މަސް ޕެކްކޮށް، އިތުބާރުހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބިގެންދާނެ ކަމަށެވެ. އަދި ”އުންމީދަކީ އެ ފެސިލިޓީގެ ސަބަބުން ރައްޔިތުންނަށް ރައްކާތެރި ގޮތުގައި މަސް ޕެކްކޮސް އިތުބާރުހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި، މަސްވެރި ކަމުން އެދެވޭ ނަފާއެއް ހޯދުމުގެ ފުރުސަތު ފަހިވެގެން ދިއުން“ ކަމަށް މިފްކޯގެ ބަޔާނުގައިވެ އެވެ.

ފުވައްމުލަކުގައި މަސްފެކްޓްރީއެއް ގާއިމް ކުރުމުގެ މަސައްކަތަކީ ދިގު މުއްދަތެއް ނަގާފައިވާ މަސައްކަތެކެވެ. ފުރަތަމަ މި މަސައްކަތް އަމިއްލަ ފަރާތަކުން 2019 ވަނަ އަހަރު ފެށި ނަމަވެސް، 2021 ވަނަ އަހަރު ތަފާތު ސަބަބުތަކާ ގުޅިގެން މަސައްކަތް ހުއްޓުނެވެ. 2022 ވަނަ އަހަރު ފުވައްމުލަކު ސިޓީ ކައުންސިލުން ސަރުކާރުގައި އެދުނީ މި މަސައްކަތް އަލުން ފަށައިދިނުމަށެވެ. މި މަސައްކަތް މިފްކޯއާ ހަވާލުކުރެވުނު ނަމަވެސް، އަނެއްކާވެސް މަސައްކަތް މެދުކެނޑުނެވެ.

މި މަސައްކަތް އަލުން ފެށުނީ މި އަހަރުގެ އޮގަސްޓު މަހު މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި، މި އަހަރު ނިމުމުގެ ކުރިން ހިދުމަތް ފެށުމަށް ދެއްވި ޔަގީންކަމާ އެކުގައެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް، މަހުގެ ސްޓޯރޭޖް ކެޕޭސިޓީއާއި މަސް ދަޅުގައި ބަންދުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމެވެ.

މަސްވެރިކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ފުވައްމުލަށް ސިޓީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ