ގަވާއިދާ ހިލާފަށް ދެ ތަނެއްގައި ބިދޭސީން ހިންގަމުންދިޔަ ވިޔަފާރި ވަގުތުން ހުއްޓުވައި، އެއް ތަނަކަށް ނޯޓިސްް ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައިފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ މާލޭގައި ހިންގަމުންދިޔަ 9 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ އޮޕްރޭޝަންގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަނީ 02 ތަނެއްގައި ހިންގަމުންދިއަ ވިޔަފާރި ވަގުތުން ހުއްޓުވައި 01 ތަނަކަށް ނޯޓިސް ދީފައިވާ ކަމަށްވެސް އިމިގުރޭޝަނުން ބުނެފައިވެ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ އަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެކެވެ.
މި މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ކަމާބެހޭ އިދާރާތައް ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންތަކާއި ހޯމް މިނިސްޓްރީ އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ކުރަނގި ފާހާގަކޮށްލެވެއެވެ. އޮޕަރޭޝަން ކުރަނގި އަކީ ބިދޭސީންގެ ބައޯ މެޓްރިކްސް އެއް ކުރުމަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.


