އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޫ-ހޯ ޔޮން ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައިފި އެވެ.
އެމެރިކާ އެމްބަސީގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކެއްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެ އެވެ. އެގޮތުން ޕީއެންސީ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ ބޭފުޅުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
އެމެރިކާ އެމްބަސީން ބުނެފައިވަނީ މި ބައްދަލުވުމަކީ، އެމެރިކާއިން ގުޅުން ބަދަހިކުރަން ބޭނުންވާ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ޕީއެންސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސިޓީސް އެންޑް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް އެވެ.
އެމެރިކާ ސަފީރު ހޫގޯ ޔޫ-ހޯ ޔޮން މި ބައްދަލުކުރެއްވުން ބޭއްވެވިއިރު، އެމަނިކުފާނު ރާއްޖޭގެ ސަފީރުކަން ދޫކުރައްވާ އެހެން ވަޒީފާއަކަށް ދިއުމަށް ނިންމަވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ރާއްޖެ - އެމެރިކާ ކޮންގްރެސް ޕާޓީ އަދާލަތު ޕަޓީ އެމްޑީއޭ އެމްޑީޕީ ޖޭޕީ



