ލަންކާއަށް އެހީވުމަށް އެމްޓީސީސީން 100،000ރ. ހަދިޔާކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ކުރިއަށް ގެންދާ ”ސިލޯނާއެކު ދިވެހިން“ ޓެލެތޯންއަށް، އެމްޓީސީސީން މިއަދު 100،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

މި ޓެލެތޯން ކުރިއަށް ގެންދަނީ އަވަށްޓެރި ލަންކާއަށް އެރި ބާރުގަދަ ތޫފާން ”ޑިޓްވާ“ އާއި ގުޅިގެން ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ.

ލަންކާއަށް އެރި ތޫފާން ޑިޓްވާގެ ސަބަބުން އެތަށް ބަޔަކު ހާލުގައި ޖެހިފައިވާއިރު އެތަށް ބަޔެއްގެ ފުރާނަ ވަނީ ގެއްލިގެން ގޮސްފަ އެވެ.

ސިލޯނާއެކު ދިވެހީން ޓެލެތޯނަކީ ޕީއެސްއެމް އާއި އިތުރު 37 މީޑިއާއަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ޓެލެތޯނު ނިމޭނީ މިރޭ 1:00 ގައެވެ. މި ޓެލެތޯނުގެ ފަންޑު ފޮށިތައް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާއިރު، ފައިސާ ޓްރާންސްފާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

  • ދިވެހި ރުފިޔާ ޖަމާކުރުމަށް ހަމަޖެހިފައިވަނީ 7730000796107 އެކައުންޓަށް.
  • ޑޮލަރު ޖަމާކުރުމަށް ހަމަޖެހިފައިވަނީ 7730000796106 އެކައުންޓަށް.

ދިވެހި ސަރުކާރުން ވަނީ ސްރީ ލަންކާއަށް 50،000 ޑޮލަރުގެ އިތުރުން 25،000 މަސްދަޅު ހަދިޔާ ކުރުމަށް ނިންމާފަ އެވެ.

ރާއްޖެ - ލަންކާ ސިލޯނާއެކު ދިވެހިން ސްރީލަންކާ ޕީއެސްއެމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ