ހުޅުމާލެ ގެސްޓްހައުސެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ގެސްޓްހައުސެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ހުޅުމާލެ ފޭސް 1 ގައި ހުރި ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް މިއަދު މެންދުރު 12:14 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި ރިޕޯޓާއި ގުޅިގެން ފުލުހުން އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނެފައިވަނީ މަރުވެފައި އޮށްވާ ފެނިފައިވަނީ ފިރިހެނެއް ކަމަށެވެ. އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް ސާފެއް ނުވެ އެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ހުޅުމާލެ ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ