ވިނަރެސްގެ ޓަވަރުތަކުން ކާރު ޕާކިންގެ 94 ޖާގަ ބީލަން އުސޫލުން ވިއްކަން އެޗްޑީސީން އިއުލާންކޮށްފި އެވެ.
އެޗްޑީސީގެ އިއުލާނުގައި ބުނެފައިވަނީ، ވިނަރެސްގެ ޓަވަރުތަކުން ކާރު ޕާކިން ޖާގަ ވިއްކުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުރި އިއުލާން ބާތިލުކޮށް، އުސޫލަށް އިސްލާހު ގެނައުމަށް ފަހު އަލުން ބީލަމަށް ހުޅުވާލަން މިހާރު ނިންމާފައިވާ ކަމަށެވެ.
ވިނަރެސްގެ އެކި ޓަވަރުތަކުން ކާރު ޕާކިންގެ ޖުމްލަ 94 ޖާގަ ބީލަން އުސޫލުން މިފަހަރު ވިއްކާނެ ކަމަށް އެ އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެ އެވެ. އެގޮތުން، ބީލަމުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހަޅަން ޖެހޭނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.
ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު 22 ގައި ކަމަށް ވެސް އެ އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެ އެވެ.
