”ސިގްނޭޗަރ ސްކޮލަރޝިޕް“ އަކީ އިލްމީ މަސައްކަތެއްގެ ފެށުން: މިނިސްޓަރ އާދަމް ނަސީރު

Advertisement

އެންމެ ފަސް

Advertisement

”ސިގްނޭޗަރ ސްކޮލަރޝިޕް“ މަސައްކަތާއެކު ދިވެހިންގެ ތަރިކައާއި ސަޤާފަތުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ހެރިޓޭޖް މިނިސްޓަރ އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ، ”ސިގްނޭޗަރ ސްކޮލަރޝިޕް“ ލިބުނު ފަރާތްތަކަށް ސްކޮލަރޝިޕް ސެޓިފިކެޓް ހަވާލުކުރުމަށް އައިޔޫއެމްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެ އެވެ.

މިނިސްޓަރ ވިދާޅުވީ ތަރިކައިގެ ދާއިރާ ތަރައްޤީކޮށް ރައްކާތެރިކުރުމަށް އެކި ދުވަސްވަރު އެކި މީހުން ވަނީ މަސައްކަތްކޮށްފައި ކަމަށާއި، އޭގެ ހެޔޮ ނަތީޖާ ދެކިފައިވާ ކަމަށެވެ.

އެހެންނަމަވެސް، މިފެށިގެންދާ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިޔަމާ ހަވާލުވެ ވަޑައިގެންދުވަހު އިއުލާންކުރެއްވި ދިވެހި ޤައުމިއްޔަތު އިޔާދަކުރުމުގެ މަޝްރޫއާއި ގުޅިފައިވާ އިންގިލާބީ އިލްމީ މަސައްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި ސްކޮލަރޝިޕްތަކާއި ދިރާސާތަކާއެކު ރައީސް އިޢުލާންކުރެއްވި ސިޔާސަތުގެ ތެރެއިން ޤައުމީ ދާއިރާއިން ސިކުނޑި ބައްޓަން ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، ދިވެހި ތަރިކައިގެ ދާއިރާ ދިވެހިންނާއި އެއްކޮޅަށް އޭގެ ހަގީގަތް ދެނެގަތުމުގެ މަސައްކަތް ކުރެވެމުންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މީގެ އިތުރުން، ދިވެހިންގެ އަސްލުތައް ދެނެގަތުމުގައި ދިވެހިންނަށް ޒަމާނުންސުރެއް ފޯރާފައިނުވާ ހިސާބަށް މި މަސައްކަތުން ވާސިލްވެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ދިވެހި ބަހާއި ސަގާފަތާއި ބެހޭ މިނިސްޓްރީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ