ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިޔަ 66 ބިދޭސީއެއް އަތުލައިގެންފި

Advertisement

އެންމެ ފަސް

Advertisement

ގާނޫނާއި ގަވާއިދާ ޚިލާފަށް ވިޔަފާރީގެ ޙަރަކާތްތަކުގައި ޝާމިލުވެ، ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ ޖުމްލަ 66 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

މި ބިދޭސީން ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިމިގްރޭޝަން އާއި ފުލުހުން ގުޅިގެން ރޭގެ ވަގުތެއްގައި މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގަ އެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން އިމިގްރޭޝަނުން ބުނީ، ގިނަ އަދަދެއްގެ ބިދޭސީން ވިޔަފާރީގެ ޙަރަކާތްތަކުގައި ޝާމިލްވަމުންދާކަން ފާހަގަކުރެވިފައިވާ ކަރަންކާ މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކާއި ސަރަހައްދުތައް ހިމެނޭހެން، ޓާސްކްފޯސްއިން ކާމިޔާބު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 347 ބިދޭސީއަކު ޗެކްކުރެވުނުއިރު، އޭގެ ތެރެއިން ގަވާއިދާ ޚިލާފަށް ތިބި 66 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފަ އެވެ.

ކަރަންކާ މަގުގައި ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް އަތުލަައިގަތުން

ފުލުހުން ބުނެފައިވަނީ، ގާނޫނާ ހިލާފަށް ވިޔަފާރިކުރާ އަދި ސައްހަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން އެމީހުންގެ އަމިއްލަ ގައުމަށް އަނބުރާ ފޮނުވާލުމަށް ކުރިއަށް ގެންދެވުނު މިފަދަ މަސައްކަތްތަކަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިޖްތިމާއީ ހަމަޖެހުމާއި އިގުތިސާދީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީން، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އެމީހުންގެ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ދަނީ ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. އިމިގްރޭޝަނުން ފާހަގަކުރާ ގޮތުގައި، ގަވާއިދާ ޚިލާފަށް ’އޯޕަން ވިޒާ’ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާއިރު، އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ހޯދާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަނުން ވަނީ ބިދޭސީ މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކުންނާއި، އާންމު ރައްޔިތުން ވެސް މިފަދަ ކަންކަމުގައި ޒިންމާދާރު ގޮތެއްގައި އަމަލުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު ހިއްސާކުރުމަށް ޚާއްސަ ޕޯޓަލެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.

އިމިގްރޭޝަން ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ