ތަހުގީގުތައް އަވަސް ކުރުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިން: އޭސީސީ

Advertisement

އެންމެ ފަސް

Advertisement

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގުތައް އަވަސް ކުރުމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝާމިލް ވިދާޅުވީ، އަންނަ އަހަރު އޭސިސީގެ މަސައްކަތްތައް އަވަސް ކުރުމުގެ ރޫހުގައި މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

އެގޮތުން ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާނެކަން ފާހަގަކުރައްވާ ޝާމިލް ވިދާޅުވީ މިވަގުތު ކޮމިޝަން ހިންގަމުންދާގޮތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި އޭސީސީއަށް ހުށަހެޅޭ ކުދިކުދި މައްސަލަތައް އަވަހަށް ނިންމުމުގެ އާ ނިޒާމެއް ގާއިމުކޮށްފައިވާނެ ކަމަށާއި ގިިނަ ދުވަސްވެފައިވާހުރި މައްސަލަތައް އަވަހަށް ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކޮށް އެ މަސައްކަތް ފަށާފައިވާނެ ކަމަށް ޝާމިލް ވިދާޅުވި އެވެ. އަދި އެކަމުގެ ނަތީޖާ މިހާރުވެސް ފެންނަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭސީސީގެ މަސައްކަތްތަކާއި ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝާމިލް ވިދާޅުވީ އެ ކޮމިޝަންގެ ތަހުގީގުތަކުން 2024 ވަނަ އަހަރު އަނބުރާ ލިބެންޖެހޭކަމަށް ފާހަގަކުރެވިފައިވަނީ 80 މިލިއަން ރުފިޔާ ކަމަށެވެ. 2008 ވަނަ އަހަރު އެ ކޮމިޝަން އުފަންވިފަހުން މިހާތަނަށް ގާތްގަނޑަކަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަންޖެހޭކަމަށް އެނގިފައިއޮތްކަމަށް ދައްކާކަމަށް ޝާމިލް ވިދާޅުވި އެވެ.

އޭސީސީން ހޯދަން ކަނޑައަޅާ ފައިސާގެ ތެރެއިން ހޯދެނީ މަދުމިންވަރެއްކަން މަޖިލީހުގެ މެންބަރުން އަދި އާންމު ރައްޔިތުން އަބަދުވެސް ފާހަގަކުރާކަމަށާއި ނަމަވެސް ފައިސާ އަނބުރާ ހޯދުމުގެ ބާރަކީ އެކޮމިޝަންގައި އޮންނަ ބާރެއް ނޫންކަން ޝާމިލް ފާހަގަކުރެއްވި އެވެ. ޝާމިލް ވިދާޅުވީ އޭސީސީއަށް އޮންނަނީ ފައިސާ އަނބުރާ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އެނގުމަށް ކަމަށާއި، ފައިސާ އަނބުރާ ހޯދުމަށް ކޯޓަށް ދިއުމުގެ ބާރު ނުވަތަ އެފަދަ އެހެން ބާރެއްވެސް އޭސީސީއަށް ނޯންނަކަމަށް ޝާމިލް ވިދާޅުވި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ