ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް އެކެއްގެ %85 މަސައްކަތް ނިމިއްޖެ

Advertisement

އެންމެ ފަސް

Advertisement

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ %85 މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީއިން ބުނީ، އެ މަަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މަގުގެ އަޑީގައި އަޅާ ޔުޓިލިޓީ ނެޓްވޯކާއި ފެން ހިންދާ ނިޒާމުގެ މަސައްކަތް ކަމަށާއި، ޕޭވްމަންޓް ހެދުމުގެ މަސައްކަތާއި މަގުގައި ތާރު އެޅުމަށް ވާންޖެހޭ ތައްޔާރީތައް ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް މަހުގެ 21 ވަނަ ދުވަހެވެ.

މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެ އެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރެވޭނެ އެވެ.

މި މަޝްރޫއުގެ ސެގްމެންޓް އެކެއްގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ޝަހީދު ހުސައިން އާދަމް ބިލްޑިންގްއާ ހަމައަށް އޮންނަ ސަރަހައްދެވެ.

މި މަޝްރޫއުއަކީ 144,509,024.16 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރު އޭޕްރީލް މަހުގަ އެވެ.

މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ