ބަޖެޓް ބަހުސްގައި ކޮންމެ މެންބަރަކަށް 15 މިނެޓް، ކޮމިޓީ ރިޕޯޓަށް ވާހަކަ ދައްކަން 7 މިނެޓް

Advertisement

އެންމެ ފަސް

Advertisement

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަހުސް ކުރުމަށް މެންބަރުންނަށް ޖުމުލަ 22 މިނެޓްގެ ފުރުސަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފި އެވެ.

މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީން ނިންމާފައިވަނީ އެންމެފަހުންވެސް ބަޖެޓް ބަހުސް ކުރިއަށްގެންދިޔަގޮތަށް، ބަޖެޓަށް ވާހަކަ ދެއްކެމަށް މެންބަރުންނަށް 15 މިނެޓްގެ ފުރުސަތެއް އަދި ބަޖެޓް ކޮމިޓީން ނިންމާ ރިޕޯޓަށް ވާހަކަ ދެއްކުމަށް މެންބަރުންނަށް 7 މިނެޓްގެ ފުރުސަތެއް ދެއްވުމަށެވެ. އެހެންކަމުން ބަޖެޓަށް ވާހަކަ ދެއްކުމަށް މެންބަރުންނަށް ޖުމުލަ 22 މިނެޓް ލިބޭނެ އެވެ.

މީގެއިތުރުން ބަޖެޓް ބަހުސް ކުރިއަށްދާއިރު ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް ފިނޭންސް މިނިސްޓަރަށް 45 މިނެޓްގެ ފުރުސަތެއް ދިނުމަށްވެސް އާންމު ކޮމިޓީން ވަނީ ނިންމާފަ އެވެ.

ސަރުކާރުގެ ފަރާތުން 2026 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާ އެވެ.

2026 ވަނަ އަހަރު އަހަރު ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. މިއީ މި ހިނގާ 2025 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރާ 37.9 ބިލިއަން ރުފިޔާގެ އާމްދަނީއަށް އަންނަ 6.6 ޕަސެންޓްގެ އިތުރުވުމެކެވެ. 2026 ވަނަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭއިރު ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ 8.7 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް ލަފާކޮށްފައިވެ އެވެ. އަދި އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

މީގެއިތުރުން އަންނަ އަހަރު ދައުލަތުގެ ބަޖެޓްގެ ޖުމުލަ ޚަރަދުގެ ގޮތުގައި ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ ޚަރަދަށްވުރެ 11 ޕަސެންޓް އިތުރު މިންވަރެކެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މި އަހަރާއި އަޅައިބަލާއިރު، ކެޕިޓަލް ޚަރަދު 31.7 ޕަސެންޓްއިން އިތުރުވެ 9.3 ބިލިއަން ރުފިޔާއަށް އަރާނެކަމަށް އަންދާޒާކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ބަޖެޓް 2026 ދައުލަތުގެ ބަޖެޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ