ރައީސް މުއިއްޒު މިއަދު ފުވައްމުލަކަށް ވަޑައިގަންނަވަނީ

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފުވައްމުލައް ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. މި ދަތުރުފުޅުގައި މިރޭ ފުވައްމުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި، އެމަނިކުފާނުގެ ވާހަކަފުޅު ދެއްކެވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުފުޅަކީ ރައީސް މުއިއްޒު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ބައެކެވެ. ފުވައްމުލަކަށް ވަޑައިގަތުމަށް ފަހު، މާދަމާ ރައީސް އައްޑޫ ސިޓީގެ ރަށްތަކަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސްގެ މިފަދަ ދަތުރުފުޅުތަކުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް ވަޑައިގެންފަ އެވެ. މީގެ އިތުރުން މި މުއްދަތުގައި 63 ރަށަކަށް ދެވަނަ ފަހަރަށް ވެސް ވަނީ ޒިޔާރަތްކުރައްވާފަ އެވެ. މި ދަތުރުފުޅުތަކުގެ މައިގަނޑު މަޤްސަދަކީ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމެވެ.

ރައީސްގެ މި ދަތުރުފުޅުތަކުގައި އެމަނިކުފާނު ވަނީ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވައި، އެކި ކަންކަމުގައި ރައްޔިތުންގެ ފަރާތުން ހިއްސާކުރެއްވި ވާހަކަތައް އަޑުއައްސަވާފަ އެވެ. މި ބައްދަލުވުންތަކުގެ ތެރެއިން ރައްޔިތުން އެންމެ އެދޭ ކަންކަމާއި ތަރައްގީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވަރަށް ގިނަ މަޢުލޫމާތުތައް ލިބިވަޑައިގަންނަވަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަށް ސިޓީ ފުވައްމުލަށް ސިޓީ ކައުންސިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ