ދިވެހި ބަހުގެ ދާއިރާއިން ޕީއެޗްޑީ ހެއްދެވި ފުރަތަމަ ބޭފުޅަކަށް ޑރ. އައިމިނަތު ޒާހިރު

Advertisement

އެންމެ ފަސް

Advertisement

ދިވެހި ބަހުގެ ދާއިރާއިން ޕީއެޗްޑީ ހާސިލު ކުރެއްވި ފުރަތަމަ ދިވެހި ބޭފުޅަކަށް ޑރ. އައިމިނަތު ޒާހިރު ވެވަޑައިގެންފި އެވެ.

ޑރ. އައިމިނަތު މި ސަނަދު ހާސިލު ކުރެއްވީ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އިން 2019 ވަނަ އަހަރު ފެށި ޕީއެޗްޑީ ޕްރޮގްރާމް ފުރިހަމަ ކުރެއްވުމަށް ފަހު އިއްޔެ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގަ އެވެ. މި ކާމިޔާބީއާއެކު، އައިމިނަތު ވަނީ ދިވެހި ބަހުގެ ދާއިރާއިން މިހާ މަތީ ދަރަޖައަކަށް ކިޔަވައި ވިދާޅުވި ފުރަތަމަ ބޭފުޅާގެ ޝަރަފު ހޯއްދަވައިފަ އެވެ.

ގއ. ދާންދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ، ކުރީގެ ދިވެހި މުދައްރިސް އައިމިނަތު ޒާހިރުގެ ޕީއެޗްޑީ ތީސީސް ވެސް ލިޔުއްވާފައިވަނީ ދިވެހި ބަހުންނެވެ. އޭނާގެ ތީސީސްގެ ނަމަކީ ’ދިވެހި ބަހުގެ ސިޔާސަތާއި ދިވެހި ބަހުގެ ރޭވުން އެކުވިދާތުގެ ވޭދަނަ ދިރާސާ‘ އެވެ. މި ދިރާސާ ބިނާ ކުރައްވާފައިވަނީ ދިވެހި ބަހުގެ ސިޔާސަތާއި ރޭވުންތެރިކަން އިތުރުކުރުމުގެ މައްޗަށެވެ.

އައިމިނަތު ޒާހިރު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ގައުމީ ޔުނިވަސިޓީގައި ލެކްޗަރާއެއްގެ ގޮތުގަ އެވެ. އޭނާ ދިވެހި ބަހުން ޑިގްރީ ހާސިލު ކުރައްވާފައިވަނީ 2009 ވަނަ އަހަރު އެވެ.

އިއްޔެ ހެނދުނު ބޭއްވި ގައުމީ ޔުނިވަސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޔުނިވަސިޓީގެ ވައިސް ޗާންސެލަރު، ޑރ. އާއިޝަތު ޝެހެނާޒު ވިދާޅުވީ، މި ކާމިޔާބީއަކީ ހަމައެކަނި ތައުލީމީ ކާމިޔާބީއެއް ނޫން ކަމަށާއި، ”މިއީ ދިވެހި ބަހަށާއި ސަގާފަތަށާއި އާދަކާދައަށް ކުރާ އިހްތިރާމެއް“ ކަމަށެވެ. އަދި މިއީ މުޅި ގައުމަށް ވެސް ލިބުނު ފަހުރެއް ކަމުގައި ވައިސް ޗާންސެލަރު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ