ޕީޖީގެ ލަފާ ނުހޯދާ ޖިނާއީ އެއްވެސް މައްސަލައެއްގެ ލިޔެކިޔުން ނައްތާނުލަށް ފުލުހުންނަށް އަންގައިފި

Advertisement

އެންމެ ފަސް

Advertisement

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) ގެ ލަފާ ލިޔުމުން ހޯދައިގެން މެނުވީ ޖިނާއީ އެއްވެސް މައްސަލައެއްގެ ލިޔެކިއުންތަކުގެ އަސްލު ނައްތާނުލުމަށް ފުލުހުންނަށް ދަންނަވައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ، ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް އިސްލާހު ގެނައުމުގެ ގަވާއިދުގައި، ދައުވާ ނުކުރެވޭނެކަމަށް ޕީޖީ އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް، އެ ނިންމުން ނިންމާ ތާރީޚުން ފެށިގެން އެއް އަހަރު ތެރޭގައި ނައްތާލެވިދާނެ ހާލަތްތަކެއް އަދި އިޖުރާއަތްތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ. 

ނަމަވެސް ޕީޖީ އޮފީހުން ޖިނާއީ ދައުވާ ނުކުރެވޭނެކަމަށް ނިންމާ މައްސަލަތަކުގެ ލިޔެކިއުންތަކުގެ އަސްލު، ޖިނާއީ އެހެން ދައުވާތަކާ ގުޅިގެން ބޭނުންކުރަންޖެހޭ ހާލަތްތަކެއް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. އެހެންކަމުން އެކަންކަމަށް ރިއާޔަތްކޮށް، ދައުވާ ނުކުރެވޭނެކަމަށް ޕީޖީން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް ރައްކާތެރިކުރުމާއި، ނައްތާލުމާ ގުޅޭ އިރުޝާދެއް ތަހުޤީޤީ އިދާރާތަކަށް ފޮނުވުމަށްޓަކައި އެކުލަވާލަމުން ގެންދާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. 

މީގެއިތުރުން އެ އިރުޝާދު އެކުލަވާލައި ފުލުހުންނާ ހިއްސާ ކުރެވެންދެން، ޕީޖީ އޮފީހުގެ ލަފާ ލިޔުމުން ހޯދައިގެން މެނުވީ ޖިނާއީ އެއްވެސް މައްސަލައެއްގެ ލިޔެކިއުންތަކުގެ އަސްލު ނައްތާނުލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި މިއަދު ދަންނަވާފައިވާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ