ސިނގިރޭޓް ވައްކަން: ފަހުން ހައްޔަރުކުރި 3 މީހުންގެ ވަނަވަރު ހާމަކޮށްފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލްގެ ހުޅުމާލެ ޕޯޓުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި މައްސަލައިގައި ފަހުން ހައްޔަރުކުރި 3 މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފި އެވެ.

މި މައްސަލައިގައި ފަހުން ހައްޔަރުކޮށްފައި ވަނީ އަހުމަދު ޝަމީމް/ ހދ. ވައިކަރަދޫ، ނޫރަލީގެ (42އ) އާއި އަހުމަދު ފިރުސާން/ ހ. ރުމޭނިއާ (35އ) އަދި ހުސައިން ސާމިހް/ އައްޑޫ ހިތަދޫ، ޗާންދަނީގޭ (35އ) އެވެ.

މި ތިން މީހުންގެ ތެރެއިން ޝަމީމާއި ސާމިހް ހަތް ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާއިރު، ފިރުޝާން ބަންދުކުރީ ފަސް ދުވަހުގެ މުއްދަތަކަށެވެ. މި ތިން މީހުން އިއްޔެ ހައްޔަރުކޮށް، މިއަދުން ފެށިގެން އެ މުއްދަތުތަކަށް ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލައިގައި ކުރިން ހައްޔަރުކުރި މުހައްމަދު ވަހީދު (ދިގަލި) ހައްޔަރު ކުރީ ސިނގިރޭޓު ވަގަށް ނެގި އޮޕަރޭޝަނަށް ފަންޑުކުރި ކަމުގެ ތުހުމަތުގަ އެވެ. އުމުރުން 65 އަހަރުގެ ދިގަލި، މި މަހުގެ 15 ވަނަ ދުވަހު ބަންދަށް ދިން 10 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެން މިއަދު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

މި މައްސަލައިގައި ދެން ހިމެނޭ ވިޔަފާރިވެރިޔާ ކަމަށްވާ ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކުރީ މިމަހު 15 ވަނަ ދުވަހު އެވެ. އާއްޓޭގެ ބަންދުގެ މުއްދަތު އަދި ހަމައެއް ނުވެ އެވެ.

މި މައްސަލައިގައި ފުލުހުން މިހާތަނަށް ޖުމްލަ ނުވަ މީހުން ހައްޔަރުކޮށްފައިވެ އެވެ. އެއީ އާއްޓޭ އާއި ދިގަލީގެ އިތުރުން ކަސްޓަމްސްގެ ހުޅުމާލެ ޕޯޓުގައި މަސައްކަތްކުރި އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލާއި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒް އަލީ އާއި ކ. ތުލުސްދޫ، ލިންކް ހަސަން އަބްދުއްރަހުމާން އާއި ސިނގިރޭޓް ކޮންޓެއިނާ އުފުލި ދޯނީގެ ކެޕްޓަން ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު އާއި މިއަދު ވަނަވަރު ހާމަކުރި 3 މީހުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ދެ ކޮންޓެއިނާ ސިނގިރޭޓްގެ ވައްކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ