ގެއްލިގެން ހޯދަމުންދާ ނޭޕާލް އަންހެން މީހާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ޕޫރްނީމާ ގަޖްމަރ (19އ) އެވެ. އޭނާ ހޯދަމުން ދިޔައީ މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2:00 އެހައިކަންހާއިރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާކަމަށް އިއްޔެ ލިބުނު ރިޕޯޓަކާއި ގުޅިގެންނެވެ. އަދި އޭނާ ގެއްލިފައިވާ ކަމަށް ރިޕޯޓްކުރުމާއެކު އަދި އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ހޯދުމަށް ފުލުހުން މަސައްކަތްކުރި އެވެ.
ފުލުހުން ބުނީ ޕޫރްނީމާ ފެނިފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައިނުވެ އެވެ.
