ބޮލީވުޑްގެ ތަރި ވަރުން ދަވަން ރާއްޖޭގައިި

Advertisement

އެންމެ ފަސް

Advertisement

ބޮލީވުޑްގެ މަޝްހޫރު ތަރި ވަރުން ދަވަން ޗުއްޓީއެއް ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އޭނާ މިވަގުތު ހުރީ ރިޓްޒް ކާލްޓަން މޯލްޑިވްސް ރިސޯޓުގަ އެވެ. ވަރުން ނީ އިންސްޓަގްރާމްގައި މިރޭ ސެލްފީއެއް ޝެއަރކޮށް، ޗުއްޓީގެ ތެރެއިން ކުޑަ ތަސްވީރެއް ފޮލޯވަރުންނާ ހިއްސާކޮށްފަ އެވެ.

ވަރުން ރާއްޖޭގައި ޗުއްޓ ހޭދަކުރަން ފަށާފަމިވަނީ ގިނަ ދުވަސްތަކެއް ވަންދެން ފިލްމު ޝޫޓިންގްތަކުގައި އުޅުމަށްފަހު އެވެ.

ވަރުންގެ އެންމެ ފަހުގެ ފިލްމަކީ ޖަންހްވީ ކަޕޫރާއެކު ”ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ“ ގައި ފެނިގެންދިޔަ މަންޒަރުތަކެވެ. މި ފިލްމު މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން އަންނަނީ ސިނަމާތަކުގައި ދައްކަމުންނެވެ. މި ފިލްމަށް މިހާތަނަށް އިންޑިއާގެ ބޮކްސް އޮފީހުން 53.10 ކްރޯރު ރުފިޔާ ލިބިފައިވާ ކަމަށް ވަނީ އެނގިފަ އެވެ.

ވަރުން ވަނީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. އޭނާ ކުރިން ދީފައިވާ އިންޓަވިއުތަކުގައި ބުނެފައިވާ ގޮތުން، ޗުއްޓީ ހޭދަކުރުމަށް އޭނާ އެންމެ ގަބޫލުކުރާ އެއް މަންޒިލަކީ ރާއްޖެ އެވެ. ނަމަވެސް މި ދަތުރުގައި އޭނާގެ އަންހެނުން އަދި ދަރިފުޅު ބައިވެރިވެފައިވާކަން އަދި އެނގިފައެއް ނުވެ އެވެ.

ވަރުންގެ އެންމެ ފަހުގެ ފިލްމު ”ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ“ އަކީ ކުރީގެ ލޯބިވެރިން ކައިވެނިކުރަން އުޅޭ ވަގުތު، އެ ދެމީހުންގެ ހިތުގައި ރުޅިވެރިކަން އުފެއްދުމަށް ވަރުންއާއި ޖަންހްވީ ރާވާ ރޭވުމެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ރާއްޖެ - އިންޑިއާ ބޮލީވުޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ