ކުނބުރުދޫގެ ތަރައްގީގެ މަޝްރޫތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

Advertisement

އެންމެ ފަސް

Advertisement

ކުނބުރުދޫގެ ތަރައްޤީއަށްޓަކައި ފެށިފައިވާ އަދި ސޮއިކުރެވުނު މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އދ. ކުނބުރުދުއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާއި ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުވުމުގަ އެވެ. ކުނބުރުދޫ ސްކޫލްގައި ބޭއްވުނު މި ބައްދަލުވުމުގައި ރަށުގެ އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ރައްޔިތުން ރައީސް މުއިއްޒާ ހިއްސާކުރި އެވެ.

މި ބައްދަލުވުމުގައި ކުނބުރުދޫ ބިންހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫ އަދި ސްކޫލްގެ މަޝްރޫގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

މީގެއިތުރުން، އދ. އަތޮޅުގައި އޮންނަ ފޮފަޅަގައު، ކުނބުރުދޫގެ ބައެއްގެ ގޮތުގައި ހިމެނުމަށް ރައީސް މުއިއްޒު ނިންމަވާފައިވާތީ، އެތަން ކުނބުރުދޫ ކައުންސިލާ ރަސްމީކޮށް ޙަވާލުކުރެވުނެވެ. އަދި ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް އަންނަ ނޮވެންބަރު މަހު ފެށޭނެކަމުގެ ޔަޤީންކަންވެސް ރައީސް މުއިއްޒު ދެއްވި އެވެ. އަދި ބިންހިއްކައި ނިމުމުގެ ކުރިންވެސް ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް އަންނަ އަހަރު ފައްޓަވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކޮށް، ރަށުގެ ތަރައްޤީގެ މަޝްރޫތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ރައީސް މުއިއްޒު ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. ކުނބުރުދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ