އެމްޓީސީސީއާ ހަވާލުކުރެވުނު އޮމަދޫ 3 މަޝްރޫއެއްގެ މަސައްކަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

އދ. އޮމަދޫގައި ހިންގުމަށް ހަމަޖެހިފައިވާ ތިން މަޝްރޫޢުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ ޞިއްޙީ މަރުކަޒުގެ އާ އިމާރާތާއި، ޕޮލިސް ސްޓޭޝަނާއި އަދި ވޮލީ ކޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުތަކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުތަކުގައި، މަޝްރޫޢުތަކުގެ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރާއި، ހޯމް މިނިސްޓަރ އަލީ އިހުސާންގެ އިތުރުން ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު އެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ އާއި، އޮމަދޫ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

27.27 މިލިއަން ރުފިޔާގެ އަގުގައި ހިންގާ ޞިއްޙީ މަރުކަޒުގެ މަޝްރޫޢުގެ ދަށުން 16 އެނދުގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. މި އިމާރާތުގައި ޓްރައިއޭޖް ސަރަހައްދަކާއި، އެކަހެރި ކޮޓަރިތަކާއި، އެކި ބާވަތުގެ ވޯޑުތައް ހިމެނޭނެ އެވެ. މި މަޝްރޫޢު 360 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.

20 މިލިއަން ރުފިޔާގެ އަގުގައި ހިންގާ ޕޮލިސް ސްޓޭޝަންގެ މަޝްރޫޢަކީ 2000 އަކަފޫޓުގެ ސަރަހައްދެއްގައި ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢު 150 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 1.24 މިލިއަން ރުފިޔާގެ އަގުގައި ހިންގާ ވޮލީ ކޯޓުގެ މަޝްރޫޢު 120 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.

1200 މީހުންގެ އާބާދީއެއް އޮންނަ އޮމަދޫގައި މި ތިން މަޝްރޫޢު ނިމުމުން، ރަށުގެ އިޖްތިމާޢީ އަދި ޞިއްޙީ ޚިދުމަތްތައް ފުޅާވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް އިތުރުވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. އޮމަދޫ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ