ޅ. ނައިފަރުގައި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ރަސްމީކޮށް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފި އެވެ.
އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި މިހާރު ނައިފަރުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ލިބޭނެ އެވެ. ނައިފަރުން ޕާސްޕޯޓު ނަގަން ބޭނުން ނަމަ ޖެހޭނީ ޕާސްޕޯޓަށް އިމުގާމެދުވެރިކޮށް ހުށަހަޅާއިރު ކަލެކްޝަން ޕޮއިންޓްގެ ގޮތުގައި ނައިފަރު ހިޔާރު ކުރާށެވެ.
މިއާއެކު ޅ. އަތޮޅުގެ ރައްޔިތުންނަށް ޕާސްޕޯޓު ނެގުމުގައި ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.
ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެންމެހާ އަތޮޅަކަށް ފުޅާކުރުމަކީ ރައީސް ޑރ. މުހައްމަދުގެ ވައުދުފުޅެކެވެ. މިދިޔަ ނޮވެންބަރު މަހުންފެށިގެން މިހާތަނަށް 16 އަތޮޅެއްގައި މި ޚިދުމަތް ދޭން ފަށާފައިވެ އެވެ. މީގެ އިތުރުން މާލެ ސަރަޙައްދުގައި، ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައާއި ވިލިމާލޭގައިވެސް މި ޚިދުމަތް ދެމުން ގެންދެ އެވެ.
އިމިގްރޭޝަނުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް މައުލޫމާތު ދީފައިވެ އެވެ.