މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

Advertisement

އެންމެ ފަސް

Advertisement

އެމްޑީޕީއިން މާލޭގައި ރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 6 މީހަކު 15 ދުވަހަށް ބަންދު ކުރުމަށް އަމަރުކޮށްފި އެވެ.

މުޒާހަރާގެ ތެރެއިން 8 މީހަކު ހައްޔަރުކޮށްފައިވެ އެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މީހުން ހައްޔަރު ކުރީ މުޒާހަރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއަޅައި ފުލުހުންގެ އާލާތްތަކަށް ގެއްލުން ދިނުމުގެ ތުހުމަތުގަ އެވެ.

ފުލުހުން ބުނީ މި މީހުންގެ ތެރެއިން ހަތް މީހަކު ބަންދުގެ މުއްދަތު ޖެހުމަށް ގެންގޮސްފައިވާ ކަމަށާއި އޭގެތެރެއިން ހަ މީހެއްގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި އެކަކު ޝަރުތު ތަކަކާއެކު ދޫކޮށްލާފައި ކަމަށް ވެސް ބުނެފައިވެ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެމްޑީޕީގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު، ޔައުގޫބު އަބްދުﷲ، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހް އަދި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ޒަރީރު ހިމެނެ އެވެ.

ރޭގެ މުޒާހަރާ ކުރިއަށް ގެންދިއުމަށް އެމްޑީޕީއަށް ފުލުހުން ހުއްދަ ދީފައިވަނީ އަމީނީ މަގު އަދި ބޮޑުތަކުރުފާނު މަގެވެ. ނަމަވެސް އެމްޑީޕީން މަސައްކަތް ކުރީ މަޖިލީދީމަގުން މުޒާހަރާ ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން ފުލުހުން ވަނީ މަޖީދީމަގުން މުޒާހަރާގެ ބައިވެރިން ހުއްޓުވާ، އެއްބަސްވެފައިވާ މަގުތަކުން ކުރިއަށްދިއުމަށް ތަކުރާރުކޮށް އެދިފަ އެވެ.

މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާމެދު ބައެއް ކުރިމަތިލުން ރޭ ހިނގާފައިވެ އެވެ. އެގޮތުން މުޒާހަރާގެ ބައިވެރިންވަނީ ބެރިކޭޑް ބޭނުންކޮށް ފުލުހުންގެ ސަފުތަކުގެ ތެރެއަށް ވަނުމަށް މަސައްކަތް ކޮށްފަ އެވެ. އަދި ފެންފުޅިފަދަ ތަކެތި އުކާ، ފުލުހުންގެ ޝީލްޑްފަދަ ބައެއް އާލާތްތައް ގަދަކަމުން އަތުލާފައިވެ އެވެ.

ކްރިމިނަލް ކޯޓު އެމްޑީޕީ ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ