ރޭގެ މުޒާހަރާގައި 8 މީހުން ހައްޔަރުކުރި: ފުލުހުން

Advertisement

އެންމެ ފަސް

Advertisement

އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

’ޖަވިޔަނި‘ އަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ، ރޭގެ މުޒާހަރާގައި ހައްޔަރު ކުރި 8 މީހުން އަދިވެސް ތިބީ ބަންދުގައި ކަމަށެވެ. އެމީހުންނާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ރޭގެ މުޒާހަރާ ކުރިއަށް ގެންދިއުމަށް އެމްޑީޕީއަށް ފުލުހުން ހުއްދަ ދީފައިވަނީ އަމީނީ މަގު އަދި ބޮޑުތަކުރުފާނު މަގެވެ. ނަމަވެސް އެމްޑީޕީން މަސައްކަތް ކުރީ މަޖިލީދީމަގުން މުޒާހަރާ ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން ފުލުހުން ވަނީ މަޖީދީމަގުން މުޒާހަރާގެ ބައިވެރިން ހުއްޓުވާ، އެއްބަސްވެފައިވާ މަގުތަކުން ކުރިއަށްދިއުމަށް ތަކުރާރުކޮށް އެދިފަ އެވެ.

މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާމެދު ބައެއް ކުރިމަތިލުން ރޭ ހިނގާފައިވެ އެވެ. އެގޮތުން މުޒާހަރާގެ ބައިވެރިންވަނީ ބެރިކޭޑް ބޭނުންކޮށް ފުލުހުންގެ ސަފުތަކުގެ ތެރެއަށް ވަނުމަށް މަސައްކަތް ކޮށްފަ އެވެ. އަދި ފެންފުޅިފަދަ ތަކެތި އުކާ، ފުލުހުންގެ ޝީލްޑްފަދަ ބައެއް އާލާތްތައް ގަދަކަމުން އަތުލާފައިވެ އެވެ.

އެމްޑީޕީ ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ