މިދިޔަ އަހަރު 56 ރެސްކިއު ޑައިވަރުން ތަމްރީނުކޮށްފި

Advertisement

އެންމެ ފަސް

Advertisement

މިދިޔަ އަހަރު އެކަނިވެސް 56 ރެސްކިއު ޑައިވަރުން ތަމްރީނުކޮށްފައިވާ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ ސަރުކާރުން ތ. ގުރައިދޫގައި ގާއިމްކުރި ސެނަހިޔާ ހައިޕާބެރިކް ސެންޓަރު ހުޅުވުމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ޝިޔާމް ވިދާޅުވީ މި ސެންޓަރަކީ ދިވެހި ތާރީހުގައި ވެސް ސަރުކާރުން މަސްވެރިންނަށް ހާއްސަކޮށްގެން ހުޅުވި ފުރަތަމަ ސެންޓަރު ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ އިތުރު ސެންޓަރުތައް ހުޅުވުމަކީ ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތްޕުޅެއް ކަމަށް ވެސް ވިދާޅުވި އެވެ

މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށާއި އެކަމަށް ހާއްސަ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރައްވަމުން އަންނަ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

”ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އޮޑިއެއްގައި އެންމެ މަދުވެގެން އެއް ރެސްކިއު ޑައިވަރު ބެހެއްޓުމަށް އެމަނިކުފާނު ކަނޑައެޅުއްވި ޕްރޮގްރާމްގެ ތެރެއިން މިދިޔަ އަހަރު އެކަނިވެސްވަނީ 56 ޑައިވަރުން ތަމްރީނުކޮށްފައި.“ ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ މި ޕްރޮގްރާމް ތެރެއިން އިތުރު ޑައިވަރުން ތަމްރީނުކުރުމުގެ މަސައްކަތް މިއަހަރުވެސް ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ.

ގުރައިދޫގައި ގާއިމް ކުރި ސެންޓަރަކީ 100 މީޓަރު އަޑިން ޑައިވްކުރަނިކޮށް ޑީކޯވި ނަމަވެސް ފަރުވާދިނުމުގެ ގާބިލްކަން ލިބިގެންވާ ސެންޓަރެކެވެ.

މިނިސްޓަރު އަހްމަދު ޝިޔާމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ