ހަތަރު އަތޮޅަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މުއިއްޒު މާލެ ވަޑައިގެންފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިރޭ ވަނީ މާލެ ވަޑައިގެންފަ އެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ވ، މ، ފ، އަދި ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާފަ އެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާމެދު މަޝްވަރާކުރައްވާފަ އެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ވަނީ ފައްޓަވައިދެއްވާފަ އެވެ. އޭގެ ތެރޭގައި އާރްޓީއެލް ފެރީ ނިޒާމުގެ ޚިދުމަތް ފެއްޓެވުމާއި، ވައިގެބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނެ އެވެ. އަދި ހަތަރު އަތޮޅުގެ ބައެއް ރަށްރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތްވެސް ވަނީ ފައްޓަވައިދެއްވާފަ އެވެ.

މި ދަތުރުފުޅުގައި ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތާއި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ތަޢުލީމީ އަދި ޞިއްޙީ ދާއިރާއާ ގުޅުންހުރި މުހިންމު ނިންމެވުންތަކެއް ވަނީ ނިންމަވާފަ އެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިޤްތިޞާދު ފުޅާކުރެއްވުމާ ގުޅޭ މުހިންމު ނިންމެވުންތަކެއްވެސް ވަނީ ނިންމަވާފަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ކޮންމެ ރަށެއްގައިވެސް މިހާރު ހިނގަމުންދާ އަދި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ