އެއާޕޯޓްގެ ޓްރެފިކް ފްލޯއަށް ބަދަލުގެންނަނީ

Advertisement

އެންމެ ފަސް

Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓްރެފިކް ފްލޯއަށް ބަދަލުގެނައުމަށް ނިންމައިފި އެވެ.

އެމްއޭސީއެލްއިން ބުނެފައިވަނީ ސެޕްޓެމްބަރު 25 ވަނަ ދުވަހުގެ 00:00 އިން ފެށިގެން ވިއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހުރިހާ އުޅަނދެއް އެއާޕޯޓަށް ވަންނާނީ އެއާޕޯޓުގެ އެންމެ ބޭރު މަގުން ކަމަށާއި، އެއާޕޯޓަށް މީހުން ގޮވައިގެން އަންނަ އުޅަނދުތައް ބޭނުންކުރާނީ ޓެކްސީ މަޑުކޮށްގެން އޮންނަ ސަރަހައްދުގެ ކުރިމައްޗަށް އޮންނަ މަގުގެ ވާތްފަޅި ކަމަށް އެމްއޭސީއެލްއިން ބުނެފައިވެ އެވެ.

އެމްއޭސީއެލްއިން ބުނެފައިވަނީ އެއާޕޯޓުގެ ޓާމިނަލް 1 އަދި ޓާމިނަލް 2 އަށް މީހުން ގޮވައިގެން އަންނަ ވެހިކަލްތައް އެއާޕޯޓުން ނުކުންނާނީ ޓާމިނަލް 1 ކުރިމަތީގައި އޮންނަ މަގުން ކަމަށެވެ. އަދި ބޭރުމަގުން އަންނަ އުޅަނދުތަކުގެ ތެރެއިން އެއާޕޯޓުން ނުކުންނަން ބޭނުންވާ ވެހިކަލްތައް ބޭނުންކުރާނީ ޕާކިން ސަރަހައްދުގެ ކުރިމައްޗަށް އޮންނަ މަގުގެ ކަނާތްފަޅިކަމަށްވެސް ބުނެފައިވެ އެވެ.

އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުގެނައިރު އެއާޕޯޓުގެ އިރުމަތީ ފަރާތުގައި މިވަގުތު ދިމާވެފައިވާ ޕާކު ކުރުމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެމްއޭސީއެލްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެމްއޭސީއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ