މިއަދުގެ އޮޕަރޭޝަން ގައި 81 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

Advertisement

އެންމެ ފަސް

Advertisement

ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 81 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް މިއަދު ހަވީރު ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެ އެވެ. މި ރެއިޑުގައި 160 އިމިގްރޭޝަން އޮފިސަރުންނާއި 66 ފުލުހުން އަދި ކަމާގުޅުންހުރި އެހެން އިދާރާތަކުން ބައިވެރިވެފައިވެ އެވެ.

މި ރެއިޑުގައި މާލޭގެ 25 ސަރަހައްދެއްގެ 463 ތަނެއް ބަލައި ފާސްކޮށް، ޖުމްލަ 932 ބިދޭސީން ޗެކްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދީފައިވެ އެވެ. މި އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 81 ބިދޭސީން އިމިގްރޭޝަން ގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

މީގެއިތުރުން ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރީގައި ހަރަކާތްތެރިވަމުން ދިޔަކަމަށް ފާހަގަކުރެވުނު 10 ތަނެއްގެ މައުލޫމާތު ކަމާގުޅުންހުރި އިދާރާތަކާއި ހިއްސާކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

އިމިގްރޭޝަނުން މިފަދަ ބޮޑު ރެއިޑެއް ކުރިއަށް ގެންގޮސްފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ނުގަވައިދުން ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ހާއްސަ އޮޕަރޭޝަނެއް ހިންގަން ނިންމާފައިވާ ކަން ވަނީ ހާމަކުރައްވާފަ އެވެ. އަދި މި ސަރުކާރުން ކުރި މަސައްކަތުން، ނުގަވާއިދުން އުޅޭ 8،600 މީހުން ޑީޕޯޓުކޮށްފައި ވާކަން ވެސް ފާހަގަ ކުރެއްވި އެވެ.

އިމިގްރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ