ވިޔަރެއާލް އަތުން ޓޮޓެންހަމް އަށް ހަނި މޮޅެއް

Advertisement

އެންމެ ފަސް

Advertisement

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޓޮޓެންހަމް އިން ވިޔަރެއާލް އަތުން 1-0 ގެ ނަތީޖާއަކުން ހަނި މޮޅެއް ހޯދައިފި އެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ވިޔަރެއާލްގެ ކީޕަރު، ލުއިޒް ޖޫނިއާ އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފަ އެވެ. މި މެޗުގައި ފެނުނު ހަމައެކަނި ލަނޑަކީވެސް އެއީ އެވެ.

މިއީ ޓޮޓެންހަމްގެ ކޯޗު، ތޯމަސް ފްރޭންކް އިރުޝާދުދިން ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމް އިން ވަނީ މޮޅު ކުޅުމެއް ކުޅެފަ އެވެ. ނަމަވެސް، އެ ޓީމަށް ލަނޑު ޖެހުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެ އެވެ. އެގޮތުން، ޕަޕޭ މަޓާ ސާ ފޮނުވާލި ބޯޅަ، ވިޔަރެއާލްގެ ކީޕަރު ޖޫނިއާ ވަނީ ދިފާއުކޮށްފަ އެވެ.

ދެވަނަ ހާފުގައި ވިޔަރެއާލް އިން ވަނީ ކުޅުން ރަނގަޅުކޮށް، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނަމަވެސް، ޓޮޓެންހަމް އިން ވަނީ އިދިކޮޅު ޓީމުގެ ހަމަލާތައް ހުއްޓުވާފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ޓޮޓެންހަމް އިން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ރިޗާލިސަން އަށެވެ. ނަމަވެސް، އޭނާ ބޮލުން ޖެހި ބޯޅަ ދިޔައީ ބޭރަށެވެ.

މެޗު ނިމެން ގާތް ވެފައިވަނިކޮށް، އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ، ތޯމަސް ޕާޓޭ ވަނީ ވިޔަރެއާލް އަށް ކުޅެން ނިކުމެފަ އެވެ. އޭނާގެ މައްޗަށް ވަނީ ރޭޕް ކުރި ކަމުގެ ފަސް ދައުވާއެއް އުފުލާފަ އެވެ. މިއީ އޭނާ އާ ދެކޮޅަށް ދައުވާ ކުރި ފަހުން އޭނާ ކުޅެން އެރި ފުރަތަމަ މެޗެވެ.

ޓޮޓެންހަމް ޗެމްޕިއަންސް ލީގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ