އަލިބާބާ ވޯކްޝޮޕުގައި 450 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފި

Advertisement

އެންމެ ފަސް

Advertisement

އަލީބާބާ އީ-ކޮމާސް ވޯކްޝޮޕްގައި މިހާތަނަށް 450 އަށް ވުރެގިނަ ވިޔަފާރިވެރިން ރަޖިސްޓްރީކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ހާމަކޮށްފި އެވެ.

މި ވޯކްޝޮޕް ބާއްވަން ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00 ޖަހާއިރު ބާސެލޯ ނަސަންދުރާގަ އެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕަކީ އިކޮނަމިކް މިނިސްޓްރީއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން، ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލިބާބާ ޑޮޓް ކޮމްއާ ގުޅިގެން ކުރިއަށްގެންދާ ވޯކް ޝޮޕެކެވެ.

މި ވޯކްޝޮޕްގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް އަލީބާބާ.ކޮމް ޕްލެޓްފޯމްގައި ސެލާ އެކައުންޓް ހުޅުވައި، އެ ޕްލެޓްފޯމް މެދުވެރިކޮށް އެ ފަރާތްތަކުގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެެ އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމަށާއި، ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އީކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހިންނަށް ސެލާ އެކައުންޓް ހުޅުވޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ. މި މަސައްކަތަކީ އިކޮނޮމިކް މިނިސްޓްރީން ދުނިޔޭގެ ނަން މަޝްހޫރު އީކޮމާސް ޕްލެޓްފޯމްތަކާއެކު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށްވެސް މިނިސްޓަރު ސައީދު ފާހަގަކުރެއްވި އެވެ.

އޭގެއިތުރުން ސަރުކާރުން އަންނަނީ އީވޮލެޓްގެ ހިދުމަތްވެސް ރައްޖޭގައި ފެށުމަށް މަޝްވަަރާކުރަމުންނެވެ. އެގޮތުން ޕޭޕަލްގެ ހިދުމަތް ރާއްޖޭގައިި ފެށުމަށް އެންމެ ފަހުގެ މަޝްވަރާތައް ސަރުކާރުން ކުރައަށްގެންދާކަމަށް ބުނެފައިވެ އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ