ފުވައްމުލަކު އެއާޕޯޓަށް ޒަމާނީ ވަސީލަތްތައް ހޯދުމަށް އެމްއޭސީއެލްއާއެކު މަޝްވަރާކޮށްފި

Advertisement

އެންމެ ފަސް

Advertisement

ފުވައްމުލަކު ސިޓީ އެއާޕޯޓަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ އެކު ފުވައްމުލަކު ސިޓީ ކައުންސިލުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

މި ބައްދަލުވުމުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދާއި އެ ކުންފުނީގެ އިސް ވެރިންނާއެކު، އެއާޕޯޓުގެ މިހާރުގެ ހާލަތު ދެނެގަތުމުގެ ދިރާސާ މަސައްކަތާއި، އެއަރޕޯޓު ތަރައްޤީއަށް ބޭނުންވާ ޒަމާނީ އާލާތްތަކާއި ވަސީލަތްތައް ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ފުވައްމުލަކު އެއާޕޯޓަކީ 2011 ވަނަ އަހަރު އައްޑޫގައި ބޭއްވުނު ސާކް ސަމިޓާ ދިމާކޮށް، އެސްޓީއޯއިން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ތަރައްޤީކޮށް ހުޅުވި އެއާޕޯޓެކެވެ. އާރްއޭސީއެލްގެ ދަށުން މި އެއާޕޯޓު މީގެ ކުރިން ހިންގަމުން ދިޔަ ނަމަވެސް އާރްއޭސީއެލްގެ ހިންގުން އެމްއޭސީއެލްގެ ދަށަށް ބަދަލު ކުރަން ނިންމުމާއެކު މިހާރު މި އެއާޕޯޓު ހިންގަމުން ގެންދަނީ އެމްއޭސީއެލްއިންނެވެ.

ފުވައްމުލަކު އެއާޕޯޓަށް މޯލްޑިވިއަން އިން ކޮންމެ ދުވަހަކު ދެ ދަތުރު ކުރަމުންދެ އެވެ.

ދާދިފަހުން އެއާޕޯޓުގެ ފަޔާ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެއާޕޯޓު ވަގުތީގޮތުން ބަންދުކުރަން ޖެހުނެވެ. ފަޔާ ޓްރަކަކީ އެއާޕޯޓު ހިންގުމަށް ކޮންމެހެން ބޭނުންވާ އެއްޗަކަށް ވުމާއެކު، އެ މައްސަލަ ހައްލުކުރުމަށްފަހު އެއާޕޯޓު އަލުން ހުޅުވާލެވުނެވެ.

މި ބައްދަލުވުމުގައި އެމްއޭސީއެލްއިން މިހާރު އިސްކަންދެމުންދާ މައިގަނޑު ދާއިރާތަކާ ބެހޭ މަޢުލޫމާތުވެސް ފުވައްމުލަކު ސިޓީ ކައުންސިލާ ހިއްސާކޮށްފައިވެ އެވެ.

އެމްއޭސީއެލް ފުވައްމުލަށް ސިޓީ ފުވައްމުލަށް ސިޓީ ކައުންސިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ