އެއްވެސް ސަރުކާރަކުން ކަނދުފަތި ނާޅާ މިންވަރަށް މި ސަރުކާރުން ކަނދުފަތި އަޅައިފި: މިނިސްޓަރ ޝިޔާމް

Advertisement

އެންމެ ފަސް

Advertisement

މިހާތަނަށް އެއްވެސް ސަރުކާރަކުން ރާއްޖޭގައި ކަނދުފަތި ނާޅާ މިންވަރަށް މި ސަރުކާރުން ކަނދުފަތި އަޅާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ ޝިޔާމް ވިދާޅުވެފައި ވަނީ، ރާއްޖޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ފަރުމަސްވެރި ކަމަށް ޝައުގުވެރިކަން އެބައޮތް ކަމަށެވެ. އެގޮތުން ހދ. އަތޮޅުގެ ވަރަށް ގިނަ ރަށްރަށުންވެސް ފަރުމަސްވެރިކަމަށް ވަދު ކަނދުފަތި އެޅުމަށް އެދެމުންދާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ރާއްޖޭގެ ދެކުނުގައި 8 ކަނދުފަތި ގާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ސްޕޯޓްސް ފިޝިން ކޮމިއުނިޓީ އޮތް ރަށްރަށް މިނިސްޓްރީއިން ފާހަގަކޮށްފައިވާ ކަމަށާއި، މި ސަރަހައްދުތަކުގައި ކަނދުފަތި އެޅުމުގެ މަސައްކަތް މިނިސްޓްރީއިން ކުރިއަށްގެންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މި މަސައްކަތުގައި ހަރަކާތްތެރިވަނީ ފަންނީ ބޭފުޅުންގެ ޓީމެއް ކަމަށްވެސް ވިދާޅުވި އެވެ.

”މިދިޔަ އަހަރު އެޅި ކަނދުފަތިތަކަށްވުރެ ގިނަ ކަނދުފަތިތަކެއް މިއަހަރުވެސް އެޅިގެންދާނެ. މިވެސް ވަރަށް ބޮޑަށް ރައްޔިތުން އެދޭ ކަމަކަށްވާތީއާއި އެކީގައި ރައީސްގެ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް މިކަމުގައިވެސް އެބައޮތް. އަދި މަސް ކަނދުފަތީގެ ވިއުގައެއްވެސް އެބައޮތް.“

މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް މުޅިން އަލަށް 22 އަށްވުރެ ގިނަ ކަނދުފަތި އަޅާފައިވާ ކަމަށެވެ. އަދި ސަރުކާރުން ދަނީ ރާއްޖޭގެ 2 ސަރަހައްދެއްގައި ކަނދުފަތި ސެންޓަރު އެޅުމުގެ މަސައްކަތްވެސް ކުރައްވަމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަހްމަދު ޝިޔާމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ