ހދ. ކޭލަކުނުގައި އިކޯ ޓޫރިޒަމް ޕްރޮޖެކްޓްގެ މަސައްކަތް މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ހަވާލުކޮށްފިއެވެ.
ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަތޮޅުގެ އެންމެ ބޮޑު އާބާދީކަމުގައިވާ ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ”ކޭލަކުނު އީކޯ ޓޫރިޒަމްގެ ގޮތުގައި ތަރައްގީކުރާނެ ކަމަށް އަޅުގަނޑު ދެންނެވިން. މިހާރު އެކަން އެވަނީ ކުރުމަށް އެމްޓީޑީސީއާ ހަވާލުކުރެވިފައި. އެމްޓީޑީސީގެ ފަރާތުން އެތަނަށް ބޭނުންވާ ހުރިހާ ޕޭޕާ ވޯކެއް ނިންމައިފި، ޑިޒައިނިންއާ ހުރިހާ ކަމެއް“ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާނީ އެމްޓީޑީސީގެ އަމިއްލަ ހަރަދުގައެވެ.

80.23 ހެކްޓަރުގެ ބިމުގައި ކޭލަކުނު އިކޯ ޓޫރިޒަމް ތަރައްގީ ކުރުމަށް ނިންމާފައިވަނީ ކެބިނެޓާއެކު ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ. މި މަޝްރޫއުގެ ދަށުން އެރަށުގެ މުރަކަތަކާއި ލޭގޫންތައް ހިމާޔަތްކޮށް، ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
ކޭލަކުނަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ހިމާޔަތްކުރެވުނު ސަރަހައްދެކެވެ. މި ރަށުގައި ކަނޑޫފަލާއި، ބޮޑަވަކި އަދި ކުއްޅަވައްގަހުގެ އިތުރުން މުޅި ދުނިޔޭގައިވެސް މަދުން މެނުވީ ނުހެދޭ ”ބަރު“ ގަހުގެ ބޮޑު ޖަންގައްޔެއް އުފެދިފައިވާކަން ފާހަގަކުރެވެއެވެ.
ކޭލަކުނުގައި އިކޯ ޓޫރިޒަމް މަޝްރޫއުއަށް ބޭނުންވާ ދިރާސާ ފަށައިފި
މި ރަށުގެ ގޮނޑުދޮށްތަކަކީ ގިނަ އަދަދެއްގެ ވެލާ ބިސްއަޅަން އަންނަ މުހިއްމު ސަރަހައްދެއްގެ އިތުރުން، ރަށުގެ އިރުމަތީ ފަރާތުގައި ކުޅި ފާ ޗަސްބިން އެކުލެވޭ ގޮތަށް އުފެދިފައިވާ ރަށެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ސަރުކާރުން މައުލޫމާތު ދީފައިވެއެވެ
ހދ. ކޭލަކުނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުޅުދުއްފުށި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްޓީޑީސީ)