ބ. އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

އުރަމަތީގެ ކެންސަރު ހުރިކަން ދެނެގަތުމަށް ކުރާ ސްކޭނިންގ މެމޮގްރަފީގެ ޚިދުމަތް ބ. އަތޮޅު ހޮސްޕިޓަލުގައި މިއަދު ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ހެލްތު މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރާއްޖޭގެ ބައެއް ރީޖަނަލް ހޮސްޕިޓަލްތަކުން މިހާރުވެސް މެމޮގްރަފީގެ ޚިދުމަތް ލިބެމުންދާއިރު، މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ބ. އަތޮޅުގެ އިތުރުން ހއ. ށ. ގއ. އަދި ފުވައްމުލަށް ސިޓީގައި މި ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ބ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމުގެ މަސައްކަތުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކުރައްވާފައެވެ. 181.7 މިލިއަން ރުފިޔާގެ އަގުހުރި މި މަޝްރޫޢު 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކުރެވިފައެވެ.

އުރަމަތީގެ ކެންސަރަކީ ދިވެހިރާއްޖޭގައި އަންހެނުންގެ މެދުގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތް ކަމަށްވެފައި، މި ބަލި ހުރިކަން ދެނެގަތުމަށް މެމޮގްރަފީގެ ޚިދުމަތް އަތޮޅުތަކުގައި ޤާއިމްކުރުމަކީ ސަރުކާރުގެ ޞިއްޙީ ސިޔާސަތުގެ މުހިންމު ބައެއްކަން ފާހަގަކުރެވެއެވެ.

ބ. އޭދަފުށީ މިނިސްޓްރީ އޮފް ހެލްތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ