ބ. އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި އެވެ.
މި އޮފީސް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ބ. އޭދަފުއްޓަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓަށް އެދި ހުށަހެޅުމާއި ދޫކުރުމުގެ ހިދުމަތުގެ އިތުރުން އައިޑީކާޑު ވެސް އެ އޮފީހުން މިއަދުން ފެށިގެން ލިބޭނެ ކަމަށެވެ. މިސިޔާސަތުގެ ދަށުން ދަފުށީގައި ގާއިމްކުރި އިމިގްރޭޝަންގެ އޮފީސް ރަސްމީކޮށް ހުޅުވާދެއްވީ ރައީސް މުއިއްޒެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސްގެ މުހިންމު ސިޔާސަތެކެވެ.
މިއޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭދަފުށީގައި ފުރަތަމަ ޕާސްޕޯޓު ހެއްދި ފަރާތަށް ޕާސްޕޯޓު ޙަވާލުކުރައްވާފައިވެ އެވެ. ޕާސްޕޯޓު ޚިދުމަތް ހޯދި ފުރަތަމަ ފަރާތާއި ޕާސްޕޯޓު ޙަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު ޢަލީ އިޙްސާން އެވެ.
މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 11 އަތޮޅެއްގައި ޚިދުމަތް ފަށާފައިވެ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. އޭދަފުށީ އިމިގްރޭޝަން އިމިގްރޭޝަން ކޮންޓްރޯލާ އަޙުމަދު ފަސީހު
