ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ އުމްރާވެރިން ގޮވައިގެން މިއަދު ރާއްޖެ އައުމަށް ފުރުމަށް ހަމަޖެހިފައިއޮތް ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ނުފުރި ވަރަށް ބޮޑަށް ޑިލޭވެއްޖެ އެވެ.
އެ ފްލައީޓް ފުރުމަށް ހަމަޖެހިފައިއޮތީ ސައުދީގަޑިން 15:45 ހާއިރު އެވެ. ނަމަވެސް ބޯޓަށް ނުފުރި ލަސްވީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވި އެވެ.
ޝަކީލް ވިދާޅުވީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފުރުން ލަސްވި ފްލައިޓްގެ މައްސަލަ ހައްލުކޮށް މިއަދު ސައުދީ ގަޑިން 18:30 ގައި ފުރުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. އަދި ޖުމްލަ ގޮތެއްގައި ހުރިހާ އުމްރާވެރިންގެ ހާލުވެސް ރަނގަޅު ކަމަށް ވިދާޅުވި އެވެ.
އުމްރާވެރިން ފުރުމަށް ހަމަޖެހިފައިއޮތީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓް Q2 6360 އެވެ. އެއީ މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓެވެ. މިކަމާ ގުޅިގެން މޯލްޑިވިއަންއިން ވަކިއެއްޗެއް ބުނެފައެއް ނުވެ އެވެ.
ހައްޖު ކޯޕަރޭޝަން ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް އުމްރާ މޯލްޑިވިއަން