އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީ އައްޔަނު ކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަނު ކުރައްވައިފި އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީ އައްޔަނު ކުރުމަށް މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފައިވަނީ އިއްޔެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ، ރައިސް ޑރ، މުހައްމަދު މުއިއްޒު، އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަބްދުލްޣަނީ މުހައްމަދު މިއަދު އައްޔަނު ކުރައްވާފައިވާ ކަމަށެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

އަބްދުލްޣަނީ މުހައްމަދަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ހަމީދު އެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޣަނީ އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޝަރީއަތާއި ޤާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެ މަނިކުފާނުވަނީ މަދަނީކޯޓުގެ ޤާޟީކަން ކުރައްވާފަ އެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމަށް އިސްކުރެއްވީ 2004 މާރޗް 14 ވަނަ ދުވަހު އެވެ. އަދި 21 ސެޕްޓެމްބަރު 2008 ން ފެށިގެން 26 އޭޕްރީލް 2011 އާއި ހަމައަށް، ހައިކޯޓްގެ އިސްފަނޑިޔާރުގެ މަގާމް ފުރުއްވާފައިވެ އެވެ.

ޣަނީ ވަނީ 28 ޖޫން 2018 އިން 04 ޑިސެންބަރު 2019 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފަ އެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް ޣަނީ އައްޔަނު ކުރައްވާފައިވަނީ މިދިޔަ އަހަރު އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި މުއުތަސިމް އަދްނާން ޝަރަފުވެރިކަމާއެކު މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުއްތަމަ ފަނޑިޔާރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ