އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަނުކުރުމުގެ މައްސަލަ ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަނު ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އުއްތަމަފަނޑިޔާރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ އިއްވާފަ އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެެސްސީ)ގެ ލަފާގެ މަތިން ރައީސް މަޖިލީހަށް ފޮނުއްވާފައިވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ނަންފުޅެވެ. މި މައްސަލަ ދިރާސާކުރުމަށް ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތި ލެއްވީ ތިން ބޭފުޅުންނެވެ. އެއީ:

  1. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު
  2. ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން
  3. ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު

ޖޭއެސްސީގެ އިންޓަވިއުއަށްފަހު އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަނު ކުރުމަށް ލަފާދޭން ނިންމާފައިވަނީ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އެވެ. ޖޭއެސްސީގެ ލިސްޓްގެ ދެވަނައިގައި އޮތީ ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު އެވެ. ލިސްޓުގެ ތިން ވަނައިގައި އޮތީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައި ބުނެފައިވަނީ، އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަނު ކުރާނީ، ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށް ފޮނުވާ ނަމެއް މަޖިލީހުން ފާސްކޮށްގެން ކަމަށެވެ. އަދި މަޖިލީހުން ނަމެއް ފާސްކުރާތާ 7 ދުވަހުގެ ތެރޭގައި އެ ބޭފުޅަކު މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް އުއްތަމަ ފަނޑިޔާރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ