މާލޭގައި ކާނިވަލެއް ތަރައްގީކޮށް ބަލަހައްޓާނެ ފަރާތެއް ހޯދަނީ

Advertisement

އެންމެ ފަސް

Advertisement

މާލޭގައި ކާނިވަލެއް ތަރައްގީކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

މި މަޝްރޫޢުގެ ދަށުން މާލޭ ބީޗް ވޮލީ ކުޅޭ ސަރަހައްދުގެ ފަހަތުގައިވާ ހުސް ބިމުގައި ކާނިވާއެއް ތަރައްގީކޮށް، ސެލްފް ފައިނޭންސް އުސޫލުން ދިގުމުއްދަތަކަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ސިޓީ ކައުންސިލުން ބުނީ، މި މަޝްރޫޢަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ އޮގަސްޓް މަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި މާލެ ސިޓީ ކައުންސިލް އިދާރައިގައި ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 9:00 ގަ އެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި މަޝްރޫޢާ ގުޅޭ އެންމެހައި މަޢުލޫމާތު ހިއްސާކުރެވޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. ނަމަވެސް، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ގަޑިޖެހުމަށްފަހު ހާޒިރުވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތެއް ނުދެވޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

މީގެ އިތުރުން، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށްވުރެ ލަހުން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.

މާލެ ސިޓީ މާލެ ސިޓީ ކައުންސިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ