މާފަރު އެއާޕޯޓުގެ ޓާމިނަލް ތަރައްގީ ކުރަން ބޭނުންވާ ކަންކަން ރައީސްއާ ހިއްސާކޮށްފި

Advertisement

އެންމެ ފަސް

Advertisement

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ އެކިއެކި ކަންކަން މާފަރު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ހިއްސާ ކުރައްވައިފި އެވެ.

މިކަންކަން މާފަރު ކައުންސިލުން ރައީސް މުއިއްޒާ ހިއްސާ ކުރެއްވީ މިއަދު މާފަރު ފެނަކަ އިމާރާތުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި މާފަރު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމާ މެދު މަޝްވަރާކޮށްފައިވެ އެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރި އެންމެ މުހިންމު ކަންކަމުގެ ތެރޭގައި، މާފަރު ބައިނަލްއަގުވާމީ ވައިގެ ބަނދަރުގެ ޓަރމިނަލް އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ ކަންކަމާއި، ރަށުގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމުގެ އިތުރުން، ޞިއްޙީ އަދި ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ކަންކަން ހިމެނެ އެވެ.

ރައީސް މުއިއްޒު ވަނީ ބައްދަލުވުމުގައި ބައިވެރިވި ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިން މެދުވެރިކޮށް، މާފަރުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫޢުތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފަ އެވެ.

މި ބައްދަލުވުމުގެ ކުރިން، ރައީސް މުއިއްޒު ވަނީ މާފަރުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ. މި ރަސްމިއްޔާތުގައި މާފަރު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޢަލީ އިޙްސާން އެވެ.

ރައީސް މާފަރު ކައުންސިލާ ބައްދަލު ކުރައްވާފައިވަނީ ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނީ ނ. އަތޮޅުގެ 13 ރަށަކަށެވެ. އެއީ ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫ އަދި ލަންދޫ އެވެ. މި ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާފަރު އިންޓަނޭޝަނަލް އެއާޕޯޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ