ގދ. ގަމުން ޑިންގީއެއްގައި ފުރި މީހަކު ގެއްލިގެން ހޯދަނީ

Advertisement

އެންމެ ފަސް

Advertisement

ގދ. ގަމުން ޑިންގީއެއްގައި ފުރި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނެފައިވަނީ، މިއަދު ހެނދުނު 09:30 ހާއިރު ގދ. ގައްދޫއިން ފުރައިގެން ގދ. ގަމަށް ޑިންގީއެއްގައި ދަތުރުކުރި 75 އަހަރުގެ ދިވެހި ފިރިހެނެއްގެ ހަބަރެއް ވެފައިނުވާތީ އެ މައްސަލަ މިއަދު ހަވީރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މިހާތަނަށް ބެލި ބެލުމުން މިއަދު ހެނދުނު 11:15 އެހާކަންހާއިރު އެ މީހާ ގަމުން ފުރާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

އެ މީހާ އެންމެފަހުން ފެނުނުއިރު ލައިގެންހުރީ ނޫ ކުލައިގެ އަތްކުރު ގަމީހަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ.

އެ މީހާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެމްއެންޑީއެފްގެ ރީޖަނަލް ކޮމާންޑުގެ ކޯސްޓްގާޑުން ބޭރު ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އަދި ގަމާއި ގަން ކައިރި ފަޅުރަށްތައް ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ގދ. ގައްދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ